Sunday, 29 November 2026
Ads by

ފަތުރުވެރިންގެ ރައްކާތެރިކަމަށް ޓޫރިޒަމް މިނިސްޓްރީން ހަރުކަށި ފިޔަވަޅުތަކެއް؛ ޚިލާފުވާ ފަރާތްތަކުގެ ލައިސަންސް ބާތިލުކުރެވޭނެ!

ފަތުރުވެރިންގެ ރައްކާތެރިކަމަށް ޓޫރިޒަމް މިނިސްޓްރީން ހަރުކަށި ފިޔަވަޅުތަކެއް؛ ޚިލާފުވާ ފަރާތްތަކުގެ ލައިސަންސް ބާތިލުކުރެވޭނެ!

ފަތުރުވެރިންނަށް މޫދުގެ ކުޅިވަރުތަކާއި އެކްސްކަރޝަން ދަތުރުތަކުގެ ޚިދުމަތް ދިނުމުގައި ސަލާމަތީ މިންގަނޑުތަކަށް އިހުމާލުވާ ފަރާތްތަކުގެ ލައިސަންސް ބާތިލުކޮށް، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އާ ގަވާއިދެއް ތަންފީޒުކުރަން ފަށައިފިއެވެ.

Ad Image
Ads by

މޫދުގެ ހަރަކާތްތަކުގައި ދިމާވާ ހިތާމަވެރި ހާދިސާތައް ހުއްޓުވައި، ރާއްޖެ އަންނަ މެހެމާނުންގެ ފުރާނައަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި އެކުލަވާލި ”ފަތުރުވެރިންނަށް ވޯޓަރ ސްޕޯޓްސް އާއި އެކްސްކަރޝަން ޚިދުމަތްތައް ދިނުމާބެހޭ ގަވާއިދު“ (2026/R-100) ގެޒެޓުކޮށް އަމަލުކުރަން ފަށާފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

މި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ދެވޭ އަދަބުތަކަށް ބަލާއިރު، ފުރަތަމަ ފަހަރު ކުށެއް ކޮށްފިނަމަ 10,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު، ދެވަނަ ފަހަރު 50,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ތިންވަނަ ފަހަރު ގަވާއިދާ ޚިލާފުވެއްޖެނަމަ 100,000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެ ޚިދުމަތެއް ދޭ ފަރާތެއްގެ ލައިސަންސް ސަސްޕެންޑުކުރުމުގެ ނުވަތަ އެއްކޮށް ބާތިލުކުރުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ލިބިދީފައެވެ.

އާ ގަވާއިދުގެ ދަށުން މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަކުން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީވެ، ގަވާއިދުން ރަޖިސްޓްރީ އާކުރަން ޖެހޭނެއެވެ. މީގެ އިތުރުން، އެކްސްކަރޝަން ދަތުރުތަކުގައި ބައިވެރިވާ ފަތަން ނުދަންނަ ކޮންމެ ދެ ފަތުރުވެރިއަކަށް ވަކި ގައިޑެއް ހަމަޖައްސަން ޖެހޭއިރު، ދަތުރުގައި ލައިފް ޖެކެޓް އެޅުން ވެސް ވަނީ މަޖުބޫރުކޮށްފައެވެ.

މޫސުމީ ބަދަލުތަކުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި، ވޯޓަރ ސްޕޯޓްސް ސަރަހައްދުތަކާއި ދަތުރުކުރާ އުޅަނދުފަހަރުގައި ކަނޑުގެ ހާލަތު އަންގައިދޭ ޚާއްޞަ ކުލައެއްގެ ދިދައެއް ނުވަތަ ބެލޫނެއް ބޭނުންކުރަން ޖެހެއެވެ. އަދި މޫސުން ގޯސްވާ ހާލަތްތަކުގައާއި މޫސުމާބެހޭ ގައުމީ އިދާރާއިން އިންޒާރެއް ނެރެފިނަމަ ވަގުތުން ހުރިހާ ހަރަކާތްތަކެއް ހުއްޓާލުމަށް މި ގަވާއިދުން ލާޒިމުކުރެއެވެ.

ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އިމަޖެންސީ ޕްލޭނެއް، ޚިދުމަތް ދޭ ކޮންމެ ތަނެއްގައި ވެސް ފަތުރުވެރިންނަށް ފަސޭހައިން ފެންނާނެހެން ބަހައްޓަން ޖެހެއެވެ. މި ޕްލޭނުގައި މީހަކު ގެއްލުމާއި، ގެނބުމާއި، އަނިޔާވުން ފަދަ ހާދިސާތަކުގެ އިތުރުން ދަތުރުމަތީގައި އުޅަނދަށް ދިމާވާ ކުއްލި ކަންކަމުގައި އަމަލުކުރާނެ ގޮތާއި، ގުޅާނެ އިމަޖެންސީ ނަންބަރުތަކާއި އެންމެ ކައިރީގައި ހުރި ސިއްހީ މަރުކަޒުގެ މައުލޫމާތު ހިމަނަން ޖެހެއެވެ.

ހަރަކާތްތައް ހިންގުމުގައި އެކަމަށް ކަނޑައެޅިފައިވާ ޚާއްޞަ ސަރަހައްދުތަކުގައި ރައްކާތެރި އާލާތްތައް ބޭނުންކުރުމާއެކު، ކޮންމެ ހަރަކާތެއް ފެށުމުގެ ކުރިން ބައިވެރިންނަށް ސަލާމަތީ މައުލޫމާތު ދޭން ޖެހެއެވެ. ހަމައެހެންމެ، ބައިވެރިންގެ ވަނަވަރު ލޮގް ފޮތެއްގައި ރެކޯޑުކޮށް މެޑިކަލް ޑިކްލެރޭޝަން ފޯމު ފުރަން ޖެހޭއިރު، 16 އަހަރުން ދަށުގެ ކުދިންގެ ފޯމު ފުރަން ޖެހޭނީ އެ ކުދިންގެ ބެލެނިވެރިންނެވެ.

މި ޚިދުމަތްތައް ދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ބޭސިކް ފަސްޓް އެއިޑް އެންޑް ރެސްކިއު ސެޓްފިކެޓް އޮތުމަކީ ޝަރުތެކެވެ. އަދި ހަރަކާތްތައް ކުރިއަށްދާ ވަގުތު އިންސްޓްރަކްޓަރުންނާއި ސެންޓަރާ ދެމެދު އަވަހަށް މުއާމަލާތް ކުރެވޭނެ ވަސީލަތެއް ހުންނަން ޖެހޭނެ ކަމަށް ވެސް އާ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Aslam with Ibu
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތަކާ މެދު އަސްލަމް ނުސީދާކޮށް ކަންބޮޑުވުން ފާޅުކުރައްވައިފި
thimarafushi
ތިމަރަފުށީގައި ލޯންޗެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި؛ ޒަޚަމްވި މީހާއަށް އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެނީ
IMG_20261129_172731_721
އެތައްބަޔަކާއެކު އެއްޖިންސުން ގުޅުންހިންގި އަލަމްގީރު ޖަލު ހުކުމް ނިމުމާއެކު ރާއްޖެއިން ޑީޕޯޓްކޮށްލައިފި
IMG_20261129_190310_242
"ޕަރީ" ފިލްމުގައި ޤުރުއާންގެ އާޔަތެއް ކިޔުމުގައި ކުށެއް ހިމެނިފައިވާތީ ސީޒަން މާފަށް އެދި ފިލްމު ނަގައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި