Ads by
ދީން
ރަސޫލާ ކުރެއްވި މިންނެތް މަސައްކަތަކީ ދުލަކުން ގަލަމަތުން ބަޔާންކުރެވޭ ވަރަށްވުރެ ގިނަ މަސައްކަތްތަކެއް: ޚުތުބާ

ރަސޫލާ ކުރެއްވި މިންނެތް މަސައްކަތަކީ ދުލަކުން ގަލަމަތުން ބަޔާންކުރެވޭ ވަރަށްވުރެ ގިނަ މަސައްކަތްތަކެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by Eki Online

ހުތުބާގައި ބުނެފައިވަނީ އުއްމަތުގެ ބާއްޖަވެރިކަމަށްޓަކައި ހެވާއި ލާބައަށްޓަކައި ކީރިތި ރަސޫލާ ކުރެއްވި މިންނެތް މަސައްކަތަކީ ދުލަކުން ގަލަމަތުން ބަޔާންކުރެވޭ ވަރަށްވުރެ ގިނަ މަސައްކަތް ކަމަށާއި އަދާ ކުރަން ޖެހޭ ޝުކުރަކީ އެހާމެ މަތިވެރި ޝުކުރެއް ކަމަށެވެ.

އަދި އެ ޝުކުރު އަދާކުރުމުގެ ގޮތުން ކުރަންވީ ކަަމަކީ އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތާއި ޝަރީޢަތަށް ފުރިހަމަ ގޮތުގައި ބޯލަނބައި އެކަލޭގެފާނަށް ތަބަޢަ ވުން ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން މުސްލިމުގެ ހިތްތައް ދިރިގެން ވަނީ އެކަލޭގެފާނު ދެކެ ލޯބިވުމާއި އެކަލޭގެފާނަށް އިހްތިރާމްކުރުމުގައި ކަމަށާއި އެކަލޭގެފާނުގެ ގެނެސްދެއްވި ފޮތާއި, ގޮތުގައި ރަނގަޅަށް ހިފެހެއްޓުމަަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *