Saturday, 28 November 2026
Ads by

ޖީއެމްއާރަށް އެއާޕޯޓު ދިނުމަކީ ހެދުނު ގޯހެއްކަމަށް ނަޝީދު އެއްބަސްވެއްޖެ

ޖީއެމްއާރަށް އެއާޕޯޓު ދިނުމަކީ ހެދުނު ގޯހެއްކަމަށް ނަޝީދު އެއްބަސްވެއްޖެ

ކުރީގެ ރައީސް ނަޝީދު ---

ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމަކާ ނުލައި، ހުޅުލޭ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމަކީ ހެދުނު ގޯހެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެއްޖެއެވެ.

Ad Image
Ads by

އެމްޑީޕީގެ ހަރަކާތެއްގެ ތެރޭގައި ވާހަކަ ދައްކަމުން ނަޝީދު މިކަމަށް އެއްބަސްވީ، 25 އަހަރުގެ މުއްދަތަކަށް އެއާޕޯޓު ކުއްޔަށް ދިންއިރު އާންމުންގެ ހިޔާލު ނުހޯދީ ކީއްވެގެންތޯ ބައެއް ފަރާތްތަކުން އަދިވެސް ކުރަމުންދާ ސުވާލުތަކަށް ރައްދު ދެމުންނެވެ.

އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަމުން ރައީސް ނަޝީދު ބުނީ، ޤައުމީ ބޮޑެތި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބަސް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

”އަޅުގަނޑު ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޔިތުން ގާތު ނޭހުނީ ގޯހަކުން. އެ ތަޖުރިބާއާއެކު އަޅުގަނޑު މިއަދު މިތަނަށް މި އައީ. ރައްޔިތުން ގާތު ނާހައި ކުރިއެރުމެއް ނުލިބޭނެކަން އަޅުގަނޑުމެންނަށް އެނގޭ،“ ރައީސް ނަޝީދު އިތުރަށް އިއުތިރާފުވިއެވެ.

ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު ޖީއެމްއާރާއެކު އެއްބަސްވުން އެކުލަވާލި ނަމަވެސް، އެ ނިންމުމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކާއި ގިނަ އަދަދެއްގެ އާންމުން ވަނީ މަގުމައްޗަށް ނުކުމެ ވަރުގަދަ އިހުތިޖާޖުތަކެއް ކޮށްފައެވެ.

އެ ދުވަސްވަރު އުފެދުނު ސިޔާސީ ވާދަވެރިކަމާއި ހަމަނުޖެހުންތަކަކީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނަޝީދުގެ ވެރިކަން ވެއްޓެން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބު ކަމަށް ސިޔާސީ މުރާސިލުން ފާހަގަކުރެއެވެ.

އޭގެ ފަހުން ވެރިކަމަށް ވަޑައިގަތް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ވަނީ ޖީއެމްއާރާއެކު ހެދި އެއްބަސްވުން ބާތިލުކޮށް، އެއާޕޯޓު އަލުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އަލިބެ
އަލިބެ
9 ގަޑިއުރު ކުރިން

ތިމާ ގޯސް ހެދީމާ ހުރިހާ ގެއްލުމެއް ލިބުނީ ދިވެހި ރައްޔިތުންނަށެވެ. ގެއްލުނު އެތަށް މިލިޔަން ޑޮލަރަށް ޒިންމާ ވާނީ ކާކު ހެއްޔެވެ؟ އަދިވެސް ތިޔައުޅެނީ ވެރިކަން ނުލިބިގެންނެވެ.

Ads by
ފަހުގެ ޚަބަރު
Screenshot_20261128_033711_X
މަހަކު 3،500 ރުފިޔާއަށް ދަރިވަރުންނަށް ދިރިއުޅެވޭ "އެކުވެހި" ރެސިޑެންސް ދައްކާލަން ނިންމައިފި
HYJjEuIbEAAif4f
އެއްވެސް މީހެއްގެ ނުފޫޒެއްނެތި ބޯހިޔާވަހިކަން ފޯރުކޮށްދޭނަން: ރައީސް
HYJHzFEa4AA9jBb
ލިސްޓުގައި ނުހިމެނޭ ބަޔަކަށް ވޯޓު ކަރުދާސް ދޫކުރެވިގެން އެމްޑީޕީގެ ވޯޓު ފޮށްޓެއް ބަންދުކޮށްފި
vote foshi
ދިގުރަށުގައި ބަހައްޓާފައި ހުރި އެމްޑީޕީ ވޯޓު ފޮށި ބަޔަކު ވަގަށް ނަގައިގެން ލޯންޗެއްގައި ފިލައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟