Ads by
ޚަބަރު
އިންތިހާބީ ރައީސް ޑރ. މުޢިއްޒުގެ ސިޓީއެއް ރައީސް ޞާލިޙަށް
ފޮޓޯ: ރައީސް އޮފީސް

ވެރިކަން ބަދަލުވުމުގެ މަރުހަލާ ފަށައިގެން މިހާރު ކުރިއަށްދާއިރު، ސަރުކާރުން މި ވަގުތު ބައެއް ކަންކަން މަޑުޖައްސާލަން އެދިވަޑައިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސިޓީއެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ފޮނުއްވައިފައެވެ.

Ads by Eki Online

އިއްޔެ ފޮނުއްވި އެ ސިޓީގައި މުޢިއްޒު 7 ކަމެއް ފާހަގަކޮށްލާފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ

  • ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އައު އިންވެސްޓްމަންޓެއް ނުކުރުން.
  • ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް، ވިއްކުމަށް އާ ހުއްދައެއް ނުދިނުން.
  • ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން.
  • ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން.
  • ޕީއެސްއައިޕީ ނުވަތަ އެހެން އެއްވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން.
  • ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން.
  • ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަގާމުގެ ކުރިއެރުން ނުދިނުން.

މި 7 ކަމުގެ އިތުރުން މުއިއްޒުގެ ސިޓީގައި އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ކާމިޔާބީއާ އެކު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާ އަށް ޝުކުރު އަދާކުރަައްވާފައިވެއެވެ. އަދި ދެ ބޭފުޅުންގެ ބައްދަލުވުމުގައި، އާ ސަރުކާރާ ބާރުތައް ހަވާލު ކުރެއްވުމުގެ ކަންކަން އޮމާންކަމާއިއެކު ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ދެއްވިކަން ފާހަކުރައްވައި ޝުކުރުވެރިކަމާއިއެކު އެކަން ބަލައިގަންނަ ކަމަށް މުޢިއްޒު ވިދާޅުވެފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *