Saturday, 28 November 2026
Ads by

ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ”އައި.ޕީ.ސީ“ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ”އައި.ޕީ.ސީ“ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންނަށް ޚާއްޞަކޮށްގެން، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން އިންތިޒާމުކުރި ”އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް“ (އައި.ޕީ.ސީ) ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވަނީ 26 ނޮވެންބަރު 2026 ވީ ބުރާސްފަތި ދުވަހުގެ ރޭ ރޯޝަނީ ބިލްޑިންގުގައެވެ.

Ad Image
Ads by

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލް މުޙައްމަދު މާހިރެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ”މޯލްޑިވްސް ކޮވިޑް-19 އެމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއާޑްނަސް“ (އީ.އާރު.އެޗް.އެސް.ޕީ) މަޝްރޫއުގެ ދަށުން، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ މާލީ އެހީތެރިކަމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ނޮވެމްބަރު 22 އިން 26 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ރާއްޖޭގެ 20 އަތޮޅެއްގެ ހޮސްޕިޓަލްތަކުންނާއި، މާލޭ ސަރަޙައްދުގެ ޞިއްޙީ ޚިދުމަތްދޭ މުއައްސަސާތަކުން ޖުމްލަ 25 ޚިދުމަތްތެރިން ބައިވެރިވެފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ”އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން-ސަރވިސް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ކަރިކިއުލަމް“ އާ އެއްގޮތްވާ ގޮތުގެ މަތިން، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. މި ޕްރޮގްރާމްގައި ތިއަރީ ބައިތަކުގެ އިތުރުން، ޢަމަލީ ގޮތުން ކުރަންޖެހޭ ކަންކަން ހިމަނައިގެން ޞިއްޙީ ޚިދުމަތްތެރިންގެ ޢިލްމާއި ފަންނީ ހުނަރު އިތުރުކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

އެގޮތުން، މި ތަމްރީނުގެ ތެރޭގައި މައިކްރޯބަޔޮލޮޖީގެ އަސާސްތަކާއި، ބަލިފެތުރޭ ގޮތްތަކާއި، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، އަތްދޮވުމުގެ އުސޫލުތަކާއި، ޕީ.ޕީ.އީ ބޭނުންކުރާނެ ގޮތްތައް ވަނީ އުނގަންނައިދީފައެވެ. މީގެ އިތުރުން ހޮސްޕިޓަލް ތެރެއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމާއި، ބަލިތައް ދެނެގަތުމާއި، އިންފެކްޝަން ކޮންޓްރޯލް ޕްރޮގްރާމްތަކުގެ މައިގަނޑު ބައިތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

މި ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމާއި، މުޅި ރާއްޖޭގައި އެއް މިންގަނޑެއްގެ އުސޫލުތަކެއް ޤާއިމުކުރުމެވެ. ހަމައެއާއެކު، ބަލިތައް ފެތުރުން މަދުކޮށް، ބަލިމީހުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު، ބަލިތަކުން ރައްކާތެރިވުމުގެ އުސޫލުތަކުގެ މުހިންމުކަމާއި، ތަމްރީނު ލިބިފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ބޭނުންތެރިކަން ވަނީ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޤާބިލުކަން އިތުރުކޮށް، ކުރިމަތިވެދާނެ ޞިއްޙީ ނުރައްކާތަކަށް ތައްޔާރުވުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ތަމްރީނުތައް މެދުވެރިކޮށް ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ބަލިމީހުންނަށް ރައްކާތެރި އަދި އިތުބާރު ހުރި ޚިދުމަތެއް ކަށަވަރުކޮށްދިނުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
img_md_202611280916001795839360
އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ފައްޔާޒުގެ ޓީމުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފި
photo_2026-11-28_07-24-05
10 މިލިއަން ޑޮލަރުގެ އެޑްވާންސާއެކު ނެރުނު ބައިޑެންގެ ފޮތް ފެއިލްވެ، ބޮޑެތި ފާޑުކިޔުންތަކެއް
Bailaley
ކާނަލް ރިޓަޔަރޑް ބިލާލް އާދަމް މަނިކު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
muizzu rayyithunge adu33
ސޯޝަލް މީޑިއާގެ ސަބަބުން ދަރިވަރުން ގެއްލިދާތީ، ޓީޗަރަކު ރައީސް މުޢިއްޒަށް ސީރިއަސް ކަންބޮޑުވުންތަކެއް ހުށަހަޅައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި