Saturday, 28 November 2026
Ads by

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ މުހިންމު މަޤާމުތަކާއި ޤައުމީ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

Ad Image
Ads by

އެ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ ވޯޓުލުން ކުރިއަށްދާނީ މެންދުރުފަހު 2:30 އިން ފެށިގެން މިރޭ 8:00 ގެ ނިޔަލަށެވެ.

މި އިންތިޚާބުގައި ޕާޓީގެ އެކި ދާއިރާތަކަށް ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މީގެ ތެރޭގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 359 މަޤާމަކާއި، ޕާޓީގެ އެހެނިހެން އެކި ގުނަންތަކުގެ 743 މަޤާމެއް ހިމެނެއެވެ.

މާލެ ސަރަޙައްދުގައި ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކުގެ ތެރޭގައި ޖަމާލުއްދީން ސްކޫލް، މަޖީދިއްޔާ ސްކޫލް، ގަލޮޅު މަދަރުސާ، އަމީނިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލް އަދި ތާޖުއްދީން ސްކޫލް ހިމެނެއެވެ. މީގެއިތުރުން ހުޅުމާލޭގައި ހުރަވީ ސްކޫލާއި ކާމިލް ދީދީ ޕްރީސްކޫލުގައި ވޯޓުލުން ކުރިއަށްދާއިރު، ވިލިމާލޭގައި ވޯޓުލުން ކުރިއަށްދަނީ އެ އަވަށުގެ ކާމިލް ދީދީ ޕްރީސްކޫލުގައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި ވެސް ވޯޓުލުން ކުރިއަށްދާ ކަމަށް އެމްޑީޕީން މަޢުލޫމާތު ދެއެވެ.

މި އިންތިޚާބުގައި އަތޮޅުތަކާއި ސިޓީތަކުންނާއި، ރަށު އަދި ސިޓީ ދާއިރާތަކުން ޤައުމީ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ރަށަކުން 1 މެންބަރަކު އިންތިޚާބުކުރާއިރު، 500 އަށް ވުރެ ގިނަ މެންބަރުން ތިބި ނަމަ އިތުރު 1 މެންބަރަކު އަދި 1،000 އަށް ވުރެ ގިނަ މެންބަރުން ތިބި ނަމަ އިތުރު 1 މެންބަރަކު ހޮވާނެއެވެ. އަދި ކޮންމެ ސިޓީއެއްގެ އިންތިޚާބީ ދާއިރާއަކުން 2 މެންބަރުން ހޮވާއިރު، މެންބަރުންގެ ޢަދަދު 500 އަށް ވުރެ އިތުރުވާނަމަ އިތުރު 1 މެންބަރަކު އަދި 1،000 އަށް ވުރެ އިތުރުވެއްޖެ ނަމަ އިތުރު މެންބަރަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ރަށު އަދި ސިޓީ ދާއިރާތަކުގެ ނައިބު ރައީސް، ސެކްރެޓަރީން، އަންހެން ސެކްރެޓަރީން އަދި ޒުވާނުންގެ ސެކްރެޓަރީން މި އިންތިޚާބުގައި ހޮވާނެއެވެ. ހަމައެއާއެކު، އަންހެނުންގެ ރޫޙުގެ ރައީސާ އާއި އެ ރޫޙުން ޤައުމީ މަޖިލީހަށް އިންތިޚާބުކުރާ 5 މެންބަރުންނާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި އެ ގޮފިން ޤައުމީ މަޖިލީހަށް އިންތިޚާބުކުރާ 5 މެންބަރުން ވެސް މިއަދުގެ ވޯޓުން ކަނޑައަޅާނެއެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބެނީ 20 އޮކްޓޫބަރު 2026 ގެ މެންދުރުފަހު 14:00 ގެ ކުރިން އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެ، ވޯޓުލާ ދުވަހާ ހަމައަށް މެދުކެނޑުމެއްނެތި ޕާޓީގެ މެންބަރެއްގެ ގޮތުގައި ދެމިތިބި މީހުންނަށެވެ. އެގޮތުން ޖުމްލަ 53،457 މީހަކަށް މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ކަމަށް އެ ޕާޓީން މަޢުލޫމާތު ދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261128_033711_X
މަހަކު 3،500 ރުފިޔާއަށް ދަރިވަރުންނަށް ދިރިއުޅެވޭ "އެކުވެހި" ރެސިޑެންސް ދައްކާލަން ނިންމައިފި
HYJjEuIbEAAif4f
އެއްވެސް މީހެއްގެ ނުފޫޒެއްނެތި ބޯހިޔާވަހިކަން ފޯރުކޮށްދޭނަން: ރައީސް
HYJHzFEa4AA9jBb
ލިސްޓުގައި ނުހިމެނޭ ބަޔަކަށް ވޯޓު ކަރުދާސް ދޫކުރެވިގެން އެމްޑީޕީގެ ވޯޓު ފޮށްޓެއް ބަންދުކޮށްފި
vote foshi
ދިގުރަށުގައި ބަހައްޓާފައި ހުރި އެމްޑީޕީ ވޯޓު ފޮށި ބަޔަކު ވަގަށް ނަގައިގެން ލޯންޗެއްގައި ފިލައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟