Friday, 27 November 2026
Ads by

އެސްކެޕްގެ އިޖުތިމާޢީ ތަރައްޤީއާ ބެހޭ ކޮމިޓީގެ ނައިބު މުޤައްރިރުކަން ރާއްޖެއިން އަދާކޮށްފި

އެސްކެޕްގެ އިޖުތިމާޢީ ތަރައްޤީއާ ބެހޭ ކޮމިޓީގެ ނައިބު މުޤައްރިރުކަން ރާއްޖެއިން އަދާކޮށްފި

ފަޤީރުކަން ނައްތާލުމާއި ދުޅަހެޔޮ ދޮށީޢުމުރުގެ އާބާދީއެއް ބިނާކުރުމުގެ މަސައްކަތްތަކުގެ ރިޔާސަތު ބަލަހައްޓަވައި، އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ އިޖުތިމާޢީ ތަރައްޤީއާ ބެހޭ ކޮމިޓީގެ 9 ވަނަ ސެޝަންގެ ނައިބު މުޤައްރިރުކަން ދިވެހިރާއްޖެއިން ފުރައިފިއެވެ.

Ad Image
Ads by

މި ނޮވެންބަރު މަހު ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދިޔަ މި ސެޝަންގައި ރާއްޖޭގެ ފަރާތުން ނައިބު މުޤައްރިރުގެ މަޤާމު އަދާކުރެއްވީ، ރާއްޖޭގެ ވަފުދުގެ އިސްވެރިޔާ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ ޒީނާޒް ޢަދުނާނެވެ.

ރާއްޖޭގެ މި ވަފުދުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އިތުރުން ބެންކޮކްގައި ހުންނަ ދިވެހި އެމްބަސީގެ އިސް ޑިޕްލޮމެޓުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިކޮށްދޭ އެސްކެޕްގެ އިޖުތިމާޢީ ތަރައްޤީއާ ބެހޭ ކޮމިޓީއަކީ، އެންމެން ޝާމިލުވާ ޢަދުލުވެރި އަދި ރައްކާތެރި މުޖުތަމަޢުތަކެއް ބިނާކުރުމަށް ސިޔާސަތުތައް ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ކޮމިޓީއެކެވެ.

ސެޝަންގެ މަތީ ފަންތީގެ ޕެނަލް މަޝްވަރާގައި ސްޓޭޓް މިނިސްޓަރ ވަނީ ފަޤީރުކަން ކުޑަކުރުމަށާއި ހުރިހާ ފަންތިއެއްގެ މީހުންނަށް ހަމަހަމަކަމާއެކު ލިބޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ޤާއިމުކުރުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ޙިއްޞާކުރައްވާފައެވެ.

ދޮށީޢުމުރުގެ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން އެކުލަވައިލާފައިވާ ”ނޭޝަނަލް އޭޖިންގ ޕޮލިސީ“ އާއި ”ނޭޝަނަލް އެކްޝަން ޕްލޭން އޮން އޭޖިންގ 2025-2028“ ގެ ދަށުން ކުރިއަށްދާ ޚާއްޞަ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ރަސްމީ ސްޓޭޓްމެންޓް ވެސް މި ބައްދަލުވުމުގައި ވަނީ ހުށަހަޅުއްވާފައެވެ.

ޔުނިސެފާއި އެސްކެޕް ގުޅިގެން ބޭއްވި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ”އިބަމަ“ ފަދަ އިޖުތިމާޢީ ވިއުގަތައް މެދުވެރިކޮށް ކުޑަކުދިންގެ ރައްކާތެރިކަމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު ވެސް ވަފުދުން ވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން، އުޖޫރައަކާ ނުލައި މުޖުތަމަޢުގައްޔާއި ޢާއިލާގެ ތެރޭގައި އަޅައިލުމުގެ ޚިދުމަތްދޭ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރާއްޖޭގެ ވަފުދުން ވަނީ އަލިއަޅުއްވާލައްވާފައެވެ.

ބައިނަލްއަޤްވާމީ މި މަންސައިގައި ދިވެހިރާއްޖެއިން މިފަދަ އިސް ދައުރެއް އަދާކުރުމަކީ، އެންމެން ޝާމިލުވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު ދައްކުވައިދިން މުހިންމު ފުރުޞަތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
big_zVkkuulzYaR64uQlSme1MOq15
ރަސްމާލެއިން އަންނަ ބަދަލާއެކު ރާއްޖެ އާ ހަރުފަތަކަށް ގެންދެވޭނެ: ނައިބު ރައީސް
Hukuru 65
ފާޙިޝު ޢަމަލުތައް ނުހުއްޓުވިއްޖެނަމަ ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ: ޚުޠުބާ
mifco addu
އައްޑޫ ހުޅުދޫގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި