Friday, 27 November 2026
Ads by

ސަޢުދީ ސަފީރު ޝަރަފްވެރިކޮށްދެއްވި ރަސްމިއްޔާތަކާއެކު ޙައްޖު ޢުމްރާ ކޮންފަރެންސް 2026 ފަށައިފި

ސަޢުދީ ސަފީރު ޝަރަފްވެރިކޮށްދެއްވި ރަސްމިއްޔާތަކާއެކު ޙައްޖު ޢުމްރާ ކޮންފަރެންސް 2026 ފަށައިފި

މިކޮންފަރެންސްގައި ސަޢޫދީ ސަފީރު ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ (ވ) ބައިވެރިވެވަޑައިގެންނެވި . -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތައް އެއް ޕްލެޓްފޯމަކުން ބައްދަލުކޮށް، ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ބާއްވާ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2026 މިއަދު ހެނދުނު ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

މި ކޮންފަރެންސް އިފްތިތާޙުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ ޙަސަން އަލްޤަހްޠާނީއެވެ.

މިއީ މި ޚިދުމަތްދޭ ފަރާތްތަކަށް މުހިއްމު މަޢުލޫމާތު ޙިއްޞާކުރުމާއި، ދާއިރާއާ ގުޅޭ މުހިއްމު މައްސަލަތަކަށް މަޝްވަރާކުރުމަށް ވުޒާރާއިން ކުރިއަށް ގެންދާ ތިން ވަނަ ކޮންފަރެންސެވެ.

ކޮންފަރެންސްގެ ތެރެއިން ޢުމްރާ ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ޢާއްމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ޚާއްޞަ އެގްޒިބިޝަނެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އެގްޒިބިޝަން ކުރިއަށްދާނީ މިއަދު ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ 15:45 އިން މަޣްރިބް ނަމާދު ވަގުތާ ހަމައަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މީގެ އިތުރުން، މި އަހަރުގެ ކޮންފަރެންސާއި އެގްޒިބިޝަންގެ ތެރެއިން ދާއިރާއާ ގުޅޭ މުހިއްމު މަޢުޟޫޢުތަކަށް ޕެނަލް ޑިސްކަޝަންތައް ބޭއްވުމާއި، އެކި ކުންފުނިތަކުގެ ޕްރެޒެންޓޭޝަންތައް ހުށަހެޅުމަށްވެސް ވަނީ ރޭވިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
big_zVkkuulzYaR64uQlSme1MOq15
ރަސްމާލެއިން އަންނަ ބަދަލާއެކު ރާއްޖެ އާ ހަރުފަތަކަށް ގެންދެވޭނެ: ނައިބު ރައީސް
Hukuru 65
ފާޙިޝު ޢަމަލުތައް ނުހުއްޓުވިއްޖެނަމަ ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ: ޚުޠުބާ
mifco addu
އައްޑޫ ހުޅުދޫގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި