Friday, 27 November 2026
Ads by

ޣައްޒާގައި ކުދިން އުފަންވުމަށް އިސްރާއީލުން ހުރަސްއަޅާތީ ތަހުގީގުކުރުމަށް އެމްނެސްޓީން ގޮވާލައިފި

ޣައްޒާގައި ކުދިން އުފަންވުމަށް އިސްރާއީލުން ހުރަސްއަޅާތީ ތަހުގީގުކުރުމަށް އެމްނެސްޓީން ގޮވާލައިފި

ޣައްޒާގައި ކުދިން އުފަންވުމަށް އިސްރާއީލުން ހުރަސްއަޅާތީ އައިސީސީން އެކަން ތަހުގީގުކުރުމަށް އެމްނެސްޓީން ގޮވާލައިފިއެވެ.

Ad Image
Ads by

ޣައްޒާގައި ކުދިން އުފަންވުމަށް ހުރަސްއަޅާ ފަދަ ފިޔަވަޅުތަކެއް އިޒްރޭލް އިން އަޅަމުންދާ ކަމަށް ތުހުމަތުކޮށް، އެކަން ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ތަހުގީގުކުރުމަށް ގޮވާލައިފައިވަނީ އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމުގެ ބައިނަލްއަގްވާމީ ދުވަހާ ގުޅުވައިގެން އެމްނެސްޓީ އިންޓަނޭޝަނަލް އިން އާންމުކުރި ރިޕޯޓެއްގައެވެ.

އޮކްޓޯބަރު 2023 ގައި ފެށި ހަނގުރާމައިގެ ސަބަބުން ފަލަސްތީންގެ ޣައްޒާގައި ތިބި އަންހެނުންގެ ޖިސްމާނީ، ނަފްސާނީ އަދި ދަރިމައިވުމުގެ ސިއްހަތަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކުގެ ނުރައްކާތެރި ތަސްވީރެއް އެ ރިޕޯޓުގައި ވަނީ ހާމަކޮށްފަ އެވެ.

ހަނގުރާމަ ފެށުނު ފަހުން ހިންގާފައިވާ އަމަލުތަކުގެ ސަބަބުން ދަރިމައިވުމުގެ ފަރުވާ ހޯދުމަށް ހުރަސްއެޅިފައިވާ ކަމަށާއި، ބައިގެން ދިއުމާއި މަރުވެފައިވާ ކުދިން ވިހެއުން ފަދަ މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި މައްސަލަތައް އިތުރުވެފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްނެސްޓީގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކަލަމާޑް ވިދާޅުވި އެވެ.

މިއީ ގަސްތުގައި ކުރާ ކަމެއް ކަމަށް ބެލެވޭތީ ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އެކަން ކަށަވަރުކަމާ އެކު ނިންމޭނެ ހާލަތެއްގައި ނެތް ކަމަށް ވެސް އެ ޖަމިއްޔާއިން އެއްބަސްވެ އެވެ.

މި ތުހުމަތުތަކާ ގުޅިގެން އޭއެފްޕީން ކުރި ސުވާލަކަށް ޖަވާބުދެމުން، ފަލަސްތީނުގެ ބިންތަކުގެ މަދަނީ ކަންކަން ބަލަހައްޓާ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ އިދާރާ (ކޯގަޓް) އިން ބުނީ އެމްނެސްޓީން ތަކުރާރުކުރަނީ ހަމާސްގެ ދޮގު ވާހަކަތައް ކަމަށެވެ.

ކޯގަޓް އިން އިތުރަށް ބުނި ގޮތުގައި އެމެރިކާ މެދުވެރިވެގެން އޮކްޓޯބަރު 2025 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ފަހުން، 27،000 ޓަނަށް ވުރެ ގިނަ ބޭހާއި ސިއްހީ ސާމާނު ޣައްޒާއަށް ވައްދާފައިވެ އެވެ.

އަންހެނުންގެ ސިއްހަތާއި ދަރިމައިވުމުގެ ފަރުވާދޭ ތަންތަން ހިމެނޭހެން 35 ހޮސްޕިޓަލެއް މިހާރު ވެސް ޣައްޒާގައި ހިނގަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެމްނެސްޓީގެ ރިޕޯޓަކީ އިންސާނީ ހައްގުތަކުގެ ދިރާސާއެއްގެ ނަމުގައި ނެރެފައިވާ ސިޔާސީ ލިޔުމެއް ކަމަށާއި، އޭގައި ސާބިތުކޮށްނުދެވޭނެ ފަދަ ބޮޑެތި ތުހުމަތުތަކެއް އިޒްރޭލުގެ ބޮލުގައި އަޅުވާފައިވާ ކަމަށެވެ.

އެމްނެސްޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ސިއްހީ ފަރުވާ ހޯދަން ދަނިކޮށް އަދި ވިއްސާ ވޯޑުތަކުގައި ތިއްބާ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި އަދި ޒަހަމްވި އަންހެނުންނާއި އަންހެން ކުދިންގެ މައުލޫމާތު ވެސް ވަނީ ހިމަނާފަ އެވެ.

މެދުކެނޑުމެއް ނެތި ދެމުންދިޔަ ބޮމުގެ ހަމަލާތަކުގެ ތެރޭގައި، ލިބިފައިވާ ޒަހަމްތަކާ އެކު ވެސް ގިނަ އަންހެނުން މާބަނޑު ދުވަސްވަރު ހޭދަކޮށް، އަލަށް އުފަންވި ދަރިންނަށް އަޅާލާފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ސިއްހީ ސާމާނު ނުލިބުމުގެ ސަބަބުން މާބަނޑު މީހުންގެ ހާލަތު ބެލުމަށާއި، ވިހެއުމުގެ ކުރިންނާއި ފަހުން ދޭންޖެހޭ ފަރުވާ އަދި ދިމާވާ ސިއްހީ މައްސަލަތައް ދެނެގަތުމަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ވިހެއުމުގެ ތެރޭގައި ލޭމަނާނުވުމުން ދޭންޖެހޭ ބޭހާއި އައްސިކުރާ ބޭސް ހުސްވުމުގެ ސަބަބުން ބައެއް ފަހަރު މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށާއި، އެއީ އިންސާނީ އެހީ ވެއްދުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ވިހެއުމުގެ ތެރޭގައި މަރުވާ މައިންނާއި ތުއްތު ކުދިންގެ އަދަދު އިތުރުވުމަށް މެދުވެރިވި ސަބަބު ކަމަށް އެމްނެސްޓީން ފާހަގަކުރެ އެވެ.

މި ކަންކަމާ ގުޅިގެން ކަލަމާޑް ވަނީ، އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުގެ އޮފިޝަލުން ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާފައިވޭތޯ ބެލުމަށާއި، ވަކި ޖިންސަކަށް އަމާޒުކޮށް ހިންގާ ޖަރީމާތަކާއި ދަރިމައިވުމަށް ދޭ ގެއްލުންތައް އެ ތަހުގީގުގައި ހިމެނުމަށް އައިސީސީއަށް ގޮވާލައްވާފަ އެވެ.

ނަސްލު ނައްތާލުމުގެ ކުށް މަނާކުރުމާ ބެހޭ އދ. ގެ މުއާހަދާގެ ދެވަނަ މާއްދާގައިވާ ގޮތުން، ވަކި ބަޔަކު އެއްކޮށް ނުވަތަ އޭގެ ބައެއް ނައްތާލުމުގެ ނިޔަތުގައި އެ ބައެއްގެ ތެރޭގައި ކުދިން އުފަންވުމަށް ހުރަސްއެޅޭ ފަދަ ފިޔަވަޅުތައް އެޅުމަކީ ނަސްލު ނައްތާލުމުގެ އަމަލެކެވެ.

ރިޕޯޓް އެކުލަވާލުމަށް ކުރި 228 އިންޓަވިއުގެ ތެރެއިން ދެ ޕެރަމެޑިކުން ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، 2026 ވަނަ އަހަރުގެ ކުރީކޮޅު ޣައްޒާގައި އިޒްރޭލުން ކޮންޓްރޯލް ކުރާ ސަރަހައްދު ވަކިކުރާ ”ޔެލޯ ލައިން“ ކައިރީގައި ހިނގި ދެ ހާދިސާއެއްގައި، ވިހަން ގާތްވެފައި އޮތް އަންހެނަކަށާއި އޭނާ ބަލައި ފޮނުވި އެމްބިއުލާންސަށް ބަޑީގެ ހަމަލާތައް އަމާޒުވި އެވެ.

ބަލި އެހެން ކުއްޖަކާ އެއް އިންކިއުބޭޓަރެއް ހިއްސާކުރަން ޖެހުމުގެ ސަބަބުން ޖެހުނު އިންފެކްޝަނެއްގައި 2025 ވަނަ އަހަރު އުމުރުން 20 ދުވަހުގެ ތުއްތު ކުއްޖަކު މަރުވި ހާދިސާއެއް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހަމާސްގެ ދަށުން ހިންގާ ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޮކްޓޯބަރު 7، 2023 ގައި ފެށުނު ހަނގުރާމައިގައި މިހާތަނަށް 74،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފަ އެވެ.

އދ. އިން ވެސް އިތުބާރު ކުރާ އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދިރިހުއްޓާ އުފަންވި ކުދިންގެ އަދަދު ވަނީ ގާތްގަނޑަކަށް 41 ޕަސެންޓް ދަށްވެފަ އެވެ.

ހަމައެހެންމެ 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަހު ވިހޭ މީހުންގެ އަދަދު ވެސް ދަށްވެފައިވާ ކަމަށް އދ. ގެ ރެކޯޑްތަކުން ދައްކަ އެވެ.

ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތްތަކުން ރަހީނުން ބޭތިއްބުމަށާއި ފަލަސްތީނު މީހުންނަށް އަނިޔާކުރުމަށް ހޮސްޕިޓަލްތައް ބޭނުންކޮށްފައިވާ ކަމުގެ ހެކި ފެނިފައިވާ ކަމަށް އެމްނެސްޓީން ބުނި ނަމަވެސް، ހަމާސްގެ ކޮމާންޑް ސެންޓަރުތަކުގެ ގޮތުގައި ހޮސްޕިޓަލްތައް ބޭނުންކުރާ ކަމަށް އިޒްރޭލުން ކުރާ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ހަނގުރާމަ ފެށުމުގެ ކުރިން ޣައްޒާގައި އައިވީއެފް ފަރުވާދޭ މަދުވެގެން ނުވަ ކްލިނިކް ހުރި ނަމަވެސް، މިހާރު އެއިން އެއްވެސް ތަނަކުން އެ ހިދުމަތް ނުލިބޭ ކަމަށާއި ރައްކާކޮށްފައި ހުރި އެތައް ހާސް ދަރިފަނިތަކަކާއި ބިސްތައް ނެތިގޮސްފައިވާ ކަމަށް ވެސް އެމްނެސްޓީގެ ރިޕޯޓުގައިވެ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
big_zVkkuulzYaR64uQlSme1MOq15
ރަސްމާލެއިން އަންނަ ބަދަލާއެކު ރާއްޖެ އާ ހަރުފަތަކަށް ގެންދެވޭނެ: ނައިބު ރައީސް
Hukuru 65
ފާޙިޝު ޢަމަލުތައް ނުހުއްޓުވިއްޖެނަމަ ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ: ޚުޠުބާ
mifco addu
އައްޑޫ ހުޅުދޫގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި