Ads by
ޚަބަރު
ޒަރީރަށް ހަމަލާދިން މައްސަލާގައި 3 މީހަކަށް ދަޢުވާކޮށްފި

ރައްޔިތުންގެ މަޖިލީހުގެމަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި 3 މީހެއްގެ މައްޗަށް ދަޢުވާކުރަށް ކޯޓަށް ފޮނުވައިފިއެވެ.

Ads by Eki Online

ޕީޖީ އޮފީހުން ވިދާޅުވީ 1 މޭ 2023 ދުވަހުގެ މެންދަމުގެ ވަގުތެއްގައި، މާލެ، ހަބީބީ ކެފޭތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙަސަން ޒަރީރަށް ނުރައްކާތެރި ހަތިޔާރާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ، މާރާމާރީ ހިންގި މައްސަލައިގައި ދަޢުވާތައް ކުރުމަށް ސެޕްތެމްބަރު 19ގައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަމަށެވެ.

މި މައްސަލާގައި މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲއާއި، ތ.ކިނބިދޫ، ދީފުރަމްގެ، އަޙްމަދު އަވްޝަމްއާއި، މ. ތާޖް، މުލާއިމް މުޙައްމަދުގެ މައްޗަށް ދަޢުވާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

އިބްރާހީމް ޢަބްދުﷲގެ މައްޗަށް ދައުވާކޮށްފައި ވަނީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

އަދި އަނެއް ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *