Ads by
ޚަބަރު
މާލޭގެ މޭޔަރުގެ ޒިންމާތައް ނަރީޝަށް
މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއި ހަވާލުކުރަން ނިންމައިފިއެވެ.

Ads by Eki Online

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން އެމަނިކުފާނު އިންތިހާބުކޮށްފައިވީ ނަމަވެސް އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަގާމުގައި ހުންނަވާނެ ކަމަށެވެ. ނަމަވެސް މާލެ ސިޓީ މޭޔަރުގެ ޒިންމާތައް މިއަދުން ފެށިގެން ޑެޕިއުޓީ މޭޔަރު ނަރީޝްއާއި ހަވާލުކުރައްވާނެ ކަމަށާއި އެކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މޭޔަރުގެ ޒިންމާތައް ނަރީޝް އާއި ހަވާލުކުރެއްވީ ހުވާކުރެއްވުމާއި ހަމައަށް އޮންނަ އިންތިގާލީ މުއްދަތުގެ ތެރޭގައި އެކަންކަމަށް ވަގުތު ހުސްކުރަން ބޭނުންވާތީ ކަމަށެވެ. އަދި އެ މަސައްކަތުގައި އުޅުއްވަމުން މޭޔަރުގެ ޒިންމާތައް އަދާކުރެއްވުމަށް ވަގުތު ނުދެއްވުމަކީ މާލޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ނުވާނެތީ އެ ޒިންމާތައް ނަރީޝް އާއި ހަވާލުކުރެއްވީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“ޓްރާސްމިޝަނަށް ފުލް ޓައިމް ދޭން ބޭނުން. އަޅުގަނޑު ބޭނުން ޓްރާންސިޝަންގެ މުއްދަތުގައި ކޮމެޓީތައް ހިނގާގޮތް، ބަލައި އެހީތެރިކަންދީ އެ މަސައްކަތައް ހުރިހާތަނަކުން ހޯދަންވާ މައުލޫމާތުތައް އެއްކޮށް އެނަލައިޒްކޮށް ޕްލޭންކުރަން. އެހެން ނޫންނަމަ ވެރިކަމަށް އައުމަށްފަހު މުޅިން ޕްރިޕެއާ ނުވެދާނެ،” މުއިއްޒު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ މާލެ ސިޓީ ކައުންސިލަރުންނާއި ވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވޭތުވެދިޔަ ތާނގައި އެފަރާތްތަކުން ދިން އެއްބާރުލުމާއި ކުރި ބުރަ މަސައްކަތް މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މުއިއްޒު ވަނީ މާލޭގެ ކަންކަތައްތައް ރައްޔިތުން އެދޭ ގޮތަށް ކުރުމުގައި ހުރި ހުރިހާ ގޮންޖެހުންތަކެއް ގިރާކުރުމުގައި ކައުންސިލަރުން ދެއްވި އެއްބާރުލުން ހިތުގެ އަޑިން ފާހަގަކުރައްވައި ހުރިހާ ކައުންސިލަރުންނަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *