Ads by
ޚަބަރު
ނިޒާމީ ވޯޓު މިވަގުތު ކުރިއަށް ނުގެންދިއުމަށް ނިންމައިފި

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާފައިވާ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދިއުމަށް ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިވަގުތު އެމަނިކުފާނުވެސް އަދި އެ މައްސަލަ ހުށަހެޅުއްވި ޑިމޮކްރެޓްސް ޕާޓީންވެސް އެދެނީ އެ މަސައްކަތް މިވަގުތު ނުކުރުމަށް ކަމަށެވެ.

އަދި ޑިމޮކްރެޓްސްއިން މިހާރު ބޭނުންވަނީ އާސަރުކާރު އެކުލަވާލަން ފުރުސަތު ދީ، ރިޔާސީ ނިޒާމެއްގައި އެ ސަރުކާރު ހިގައިގަތުމަށް ފުރުސަތު ދިނުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އިއްޔެގެ މަޖިލީހުގައި އިންތިހާބީ ރައީސްއާ ބައްދަލުކުރެއްވިކަމަށާއި އެ ބައްދަލުކުރެއްވުމުގައި، ޑރ. މުއިއްޒު ހުވާ ކުރެއްވުމާއި ސަރުކާރު ފަށައިގަތުމުގައި މަޖިލީހުން ދޭންޖެހޭ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެރުވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަލިހޮއްކޮ9 މަސް ކުރިން

އަނެއްކާ އަނެއް ފެއިލްވީއެވެ. މަޖްލީސް އިންތިހާބާއި އެކު ތިޔަ ޑިމޮކްރަޓިކް ރާޑިވެ އަމިއްލައަށް ފޮހެވިގެން ރޫޅިގެން ދާނެއެވެ.

0
0