Ads by
ޚަބަރު
މާލެ ސިޓީ މޭޔަރުކަމަށް މަހްލޫފް ވާދަކުރަނީ

މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ މަގާމަށް އިންތިހާބުވުމާއި ގުޅިގެން ހުސްވާ މާލެ ސިޓީ މޭޔަރު ކަމުގެ މަގާމަށް ވާދަކުރައްވާނެކަން މިހާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިއުލާނުކުރައްވައިފިއެވެ.

Ads by Eki Online

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މާލެ ސިޓީ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރައްވާނެ ކަމަށާއި އެކަމަށް މާލޭ ރައްޔިތުންގެ ތާއީދަށް އެދޭކަމަށެވެ.

އަދި މީގެ އިތުރުން، އިތުރު ބޭފުޅަކު މި މަގާމަށް ޝައުގުވެރިވާކަން އިއުލާން ކޮށްފައެއްނުވެއެވެ.

އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީން ވަނީ މާލެ ކޮންޓްރޯލްކުރަމުންނެވެ. މަޖިލީހުގެ ގޮނޑިތަކުގެ އިތުރުން ސިޓީ ކައުންސިލް ވެސް ފަހަކާ ޖެހެންދެން ނެގީ އެމްޑީޕީންނެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި ކޮންޓްރޯލް ނެގީ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުންނެވެ.

އެންމެ ފަހުގެ ކައުންސިލް އިންތިހާބުގައި މުއިއްޒު މޭޔަރުގެ މަގާމް ކާމިޔާބުކުރެއްވީ އެމްޑީޕީގެ އަނަސް އަބްދުއްސައްޔާރުއާ ވާދަކުރައްވައިގެންނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *