Monday, 23 November 2026
Ads by

ރަސްމާލޭގެ މާސްޓަރ ޕްލޭން ނިމުމާއެކު އަންނަ އަހަރުގެ މެދުތެރޭގައި ގޯތި ހަވާލުކުރަން ފެށޭނެ: މުއްޠަލިބު

ރަސްމާލޭގެ މާސްޓަރ ޕްލޭން ނިމުމާއެކު އަންނަ އަހަރުގެ މެދުތެރޭގައި ގޯތި ހަވާލުކުރަން ފެށޭނެ: މުއްޠަލިބު

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް.. [ފޮޓޯ: ރައީސް އޮފީސް]

ރަސްމާލޭގެ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ނިމުމާއެކު، އަންނަ އަހަރުގެ މެދުތެރެއާ ހަމައަށް ދާއިރު އެ ސަރަޙައްދުން ގޯތި ދޫކުރުމުގެ މަސައްކަތް ފެށޭނެކަމުގެ އުންމީދު ބޮޑުކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ”ހަފްތާ 156“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެތަނުގެ މާސްޓަރ ޕްލޭން ފަރުމާކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ، އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ގޯތި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުރިމަގުގައި ރަސްމާލޭގައި ވަޒަންވެރިވާ ރައްޔިތުންނަށް ފްލެޓް އިމާރާތްތައް ތަރައްޤީކުރެވޭނެ ފަދަ ޖާގަ އޮންނަ ގޮތަށް އެ ޕްލޭން އެކުލަވާލެވޭނެ ކަމަށްވެސް ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

މޯލްޑިވްސް ވޯޓަރ ފްރޮންޓް މެރީނާ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރެވިއްޖެނަމަ، ރަސްމާލޭގައި ވަރަށް ބޮޑު އިޤްތިޞާދެއް އުފެދިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި އެ މަޝްރޫޢުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރިތައް ފުޅާވެގެން ދިޔުމުން، ރަސްމާލެއިން ދިވެހިންނަށް ޚާއްޞަކޮށްފައި އޮތް ބައި ތަރައްޤީކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ މި މަޝްރޫޢުގެ ދަށުން، ޖުމްލަ 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ހުޅުވާލާފައެވެ.

ރަސްމާލެ ތަރައްޤީކުރުމަށް ޖުމްލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ކަނޑައަޅާފައިވާއިރު، މިހާތަނަށް އޭގެ ތެރެއިން 800 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ.

ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި 150,000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ދުރުރާސްތާ އަމާޒާއެކު ތަރައްޤީކުރާ ރަސްމާލެއަކީ، ތިމާވެއްޓާ ރައްޓެހި އަދި އިޢާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދޭނެ ތަނެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ރަސްމާލޭގެ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ސަރަޙައްދެއް އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތް ކުރުމަށް އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ކޮމާޝަލް ޓާމް ޝީޓުގައި ސޮއިކޮށް، އެއްބަސްވުމާ ގުޅޭ މަޝްވަރާތައް މިހާރު ދަނީ ކުރިއަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
muhtho
ރަސްމާލޭގެ މާސްޓަރ ޕްލޭން ނިމުމާއެކު އަންނަ އަހަރުގެ މެދުތެރޭގައި ގޯތި ހަވާލުކުރަން ފެށޭނެ: މުއްޠަލިބު
HRTL3dkasAAoImX
ސީއާރްއެމް މެދުވެރިކޮށް ހުށަހެޅި ޝަކުވާތަކުގެ 87 އިންސައްތަ މައްސަލަ އެފްޑީސީން ހައްލުކޮށްދީފި
large_179543755740jXnz
އައިޖީއެމްއެޗް ކުރިމަތީ ހަދަމުންދާ އިމާރާތެއްގައި ޖަހާފައިވާ ސޭފްޓީ ވެއްޓި، ސައިކަލަކާއި ބަޔަކަށް ގެއްލުންވެއްޖެ
aber-1-1794942045
ނިއުޔޯކް ސްޓޭޓް ސެނެޓަށް ފަލަސްޠީނު ދަރިކޮޅުގެ މުސްލިމް އަންހެނަކު ފުރަތަމަ ފަހަރަށް އިންތިޚާބުވެއްޖެ
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި