Monday, 23 November 2026
Ads by

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޤައުމުގެ ތަރައްޤީއަށް ޒުވާނުން ކޮށްދޭ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، ހިތްވަރު ދިނުމުގެ ގޮތުން ދޭ ”ޒުވާނުންގެ އެވޯޑު“ އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ހުޅުވާލައިފިއެވެ.

Ad Image
Ads by

މި އެވޯޑަކީ ޤައުމީ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކޮށް، މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް ބާރުއަޅައި ވާގިވެރިވުމުގެ މަޤްޞަދުގައި އަހަރަކު އެއްފަހަރު ދެމުން އަންނަ އެވޯޑެކެވެ. މިއަހަރުގެ ޒުވާނުންގެ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ތަފާތު 22 ދާއިރާއަކުންނެވެ.

މިއަހަރު އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ:

  • ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ
  • ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ
  • އާރޓްސް އެންޑް ކަލްޗަރ – ފަންނުވެރިކަމާއި ޘަޤާފަތް ދިރުވުމުގެ ދާއިރާ
  • މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ
  • ހުނަރުވެރި މަސައްކަތް ދަސްކޮށްދިނުމުގެ ދާއިރާ (ވޮކޭޝަނަލް ޓްރެއިނިންގ)
  • ނަފްސާނީގޮތުން ދުޅަހެޔޮ ސިއްޙަތެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
  • ތިމާވެށީގެ ދާއިރާ
  • މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރުމުގެ ދާއިރާ (ޖެންޑަރ އީކުއަލިޓީ)
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
  • ދިވެހިބަސް ދިރުވާ އާލާކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
  • ދިރާސާކުރުން އަދި އައު އުފެއްދުންތަކުގެ ދާއިރާ (ރިސާރޗް އެންޑް އިނޮވޭޝަން)
  • ފަތުރުވެރިކަމުގެ ދާއިރާ
  • ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ދާއިރާ
  • ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ދާއިރާ
  • ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ (ޔޫތު އިންކްލޫސިވިޓީ)
  • ދީނީ ދާއިރާ
  • ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތްކުރުމުގެ ދާއިރާ
  • ދަރުމަވެރިކަމުގެ ދާއިރާ (ވޮލަންޓިއަރިޒަމް)
  • މަސްވެރިކަމުގެ ދާއިރާ
  • ހަށިހެޔޮ ދުޅަހެޔޮ ސިއްޙަތެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
  • ދަނޑުވެރިކަމުގެ ދާއިރާ
  • ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުންނާއި ގޫގުލް ލިންކު https://shorturl.at/6RwO0 މެދުވެރިކޮށް އަދި މިނިސްޓްރީގެ މައި ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށެވެ. މީގެއިތުރުން އޮންލައިންކޮށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ އީމެއިލް އެޑްރެސް (info@sports.gov.mv) މެދުވެރިކޮށް ވެސް ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހެވެ

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
MD haarish
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކޫއްޑޫއިން މީހަކު ހައްޔަރުކޮށްފި
ibufaisal
ރިޔާސީ ޕްރައިމަރީއަށް ވާދަކުރެއްވުމަށް ފައިސަލް ނަސީމް ނިންމެވީ މަޝްވަރާކުރެއްވުމަށްފަހު: އިބޫ
yout ard
ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
budget committee
އެމްޑީޕީ ބަޖެޓު ބަހުސް: ކޮމިޓީގައި ފިނޭންސް މިނިސްޓަރަށް ތައުރީފު، ސައިކޮޓަރީގަ ބަޖެޓު ރަނގަޅު، ތަޅުމުގައި އޮޅުވާލުން!
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި