Ads by
ޚަބަރު
ރާއްޖެއަށް އެންމެ ރަނގަޅު ކަމަށް އަޅުގަނޑު ދެކެނީ ރިޔާސީ ނިޒާމް، ތާއަިދުވެސް އޮތީ އެ ނިޒާމަށް: ރައީސް ޞާލިޙް
އެމްޑީޕީއިން މިހާރު ކުރިއަށް ގެންދާ ގައުމީ މަޖިލީހުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވާހަކަ ދައްކަވަނީ-- ފޮޓޯ: ސަން

ރާއްޖެއަށް އެންމެ ރަނގަޅު ކަމަށް ދެކެނީ ރިޔާސީ ނިޒާމް ކަމަށާއި ތާއަިދުވެސް އޮތީ އެ ނިޒާމަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ނިޒާމު ކަނޑައެޅުމަށް އާއްމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ މެދު އެމްޑީޕީން ގޮތެއް ނިންމުމަށް މިހާރު ކުރިއަށް ގެންދާ ގައުމީ ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ނިޒާމީ ވޯޓަކަށް ގޮސްފިނަމަ ރިޔާސީ ނިޒާމް ރާާއްޖޭގައި ބޭއްވުމަށް ކުރަން ޖެހޭ އަމަލީ މަސައްކަތް ވެސް ކުރާނެ ކަމަށެވެ

“އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މި ދެ ނިޒާމްގަވެސް ރަނގަޅު ކަންކަމާއި ގޯސް ކަންތައްތައް ހުރި ނަމަވެސް މި ރާއްޖެއަށް އެންމެ ރަނަގޅު ނިޒާމް ކަމަށް އަޅުގަނޑަށް ފެންނަނީ ރިޔާސީ ނިޒާމް, އަޅުގަނޑުގެ ތާއީދުވެސް އޮތީ ރިޔާސީ ނިޒާމަށް. ނިޒާމީ ވޯޓަކަށް ގޮސްފިނަމަ ރިޔާސީ ނިޒާމް ރާާއްޖޭގަިއ ބޭއްވުމަށް ކުރަން ޖެހޭ އަމަލީ މަސައްކަތް ވެސް އަޅުގަނޑު ކުރާނަން.” ރައީސް ޞާލިހް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ހިނގަމުންދާ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކުރީ އެމްޑީޕީން ވަކިވެވަޑައިގެންނެވި މަޖިލިސް މެންބަރުންތަކެއް އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅައި އެމްޑީޕީގެ ތާއީދާއެކުއެވެ.

މި ގަރާރު ފާސްކޮށްފައިވާއިރު އެ ވޯޓުގައި ރައްޔިތުންނާ ކުރަންވީ ސުވާލު ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ާއަލިހޮއްކޮ5 މަސް ކުރިން

ކުރުކޮށް ބުނާނަމަ, ގައުމަށް އެންމެ މޮޅުވެފައި ރަގަޅުވާނީ ނަޝީދު ބުނާގޮތް ނޫން އަނެއް ގޮތެވެ. ހަމަ ގައިމުވެސް އަެނައެއް ދިވެހިރާއްޖް އަށް ނޫނީ އިސްލާމް ދީނަށް ހެވެއް ނޭދޭނެއެވެ.

0
0