Monday, 23 November 2026
Ads by

އެމްޑީޕީ ބަޖެޓު ބަހުސް: ކޮމިޓީގައި ފިނޭންސް މިނިސްޓަރަށް ތައުރީފު، ސައިކޮޓަރީގަ ބަޖެޓު ރަނގަޅު، ތަޅުމުގައި އޮޅުވާލުން!

އެމްޑީޕީ ބަޖެޓު ބަހުސް: ކޮމިޓީގައި ފިނޭންސް މިނިސްޓަރަށް ތައުރީފު، ސައިކޮޓަރީގަ ބަޖެޓު ރަނގަޅު، ތަޅުމުގައި އޮޅުވާލުން!

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ).. [ފޮޓޯ: މަޖްލިސް]

ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ފާޑުވިދާޅުވަމުން ގެންދަވަނީ ސިޔާސީ ”ސްޓަންޓެއް“ގެ ގޮތުގައި ކަމަށާއި، މަޖިލީހުގެ މެސް ރޫމަށް ވަޑައިގެން ބަޖެޓު ހަގީގަތުގައި ވެސް ރަނގަޅު ކަމަށް އެ މެންބަރުން ވިދާޅުވާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން އިބްރާހިމް ދީދީ ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ރައްޔިތުންނަށް އޮޅޭ ގޮތަށް ވަރަށް ބާރަށް އަޑުއުފުއްލަވައި ބަޖެޓަކީ ތާކުންތާކު ނުޖެހޭ އެއްޗެއް ކަމަށް ވިދާޅުވެ ވާހަކަދެއްކެވުމަށްފަހު ނުކުމެވަޑައިގަންނަވަނީ ބޭރުފުށުން ދެއްކުމަށެވެ. އެގޮތުން، ކާކޮޓަރިއަށް ނުވަތަ މެސް ރޫމަށް ވަޑައިގެން ޕީއެންސީގެ މެންބަރުންގެ ކޮނޑުގައި ޖައްސަވައި، އެއީ ދާއިރާގެ ރައްޔިތުންގެ ކުރިމަތީގައި ”ރޭންޖު މަތިކޮށްލީ“ ކަމަށާއި ބަޖެޓުގެ ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށް އެ މެންބަރުން ބުނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) [ފޮޓޯ: މަޖްލިސް]
އައިބީ އިތުރަށް ވިދާޅުވީ، މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ވެސް ފިނޭންސް މިނިސްޓަރުގެ އަރިހުގައި މިއީ ހަމަ ވަރަށް ރަނގަޅު ބަޖެޓެއް ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އާންމު ރައްޔިތުންނަށް އަޑުއިވޭ ހިސާބަށް އައުމުން ދައްކަވަނީ މުޅިން ތަފާތު، އޮޅުވާލުމުގެ ވާހަކަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”އެއީ އެ ބޭފުޅުން ޖައްސާ އިސްޓަންޓު. ދެން ގޮސް މިހާރު ކާކޮޓަރީގެ މެސްކޮޓަރީގެ ޕީއެންސީ މެންބަރުންގެ ކޮނޑުގަ ޖަހާލާ ބުރަކަށީގަ އަތްފިރުމާލާފަ ވިދާޅުވާނެ އެއީ ދާއިރާގެ މެންބަރުންގެ ކުރިމަތީގަ ކުޑަކޮށް ރޭންޖު މަތިކޮށްލީއޭ. އެ މީހުން ކުރިމަތީގަ ކުޑަކޮށް އެހެން ޖައްސާލީއޭ. ބަޖެޓު ރަނގަޅޭ. ހުރިހާ ކަމެއް ވެސް ރަނގަޅަށޭ މިއޮތީ.ބަޖެޓު ކޮމިޓީގަ ތިއްބަވާ އެމްޑީޕީގެ މެންބަރުން ވެސް ފިނޭންސް މިނިސްޓަރުގެ ބުރަކަށީގަ ފިރުމާލާފަ ހާދަ ރަނގަޅޭ ހަމަ ރަނގަޅު ބަޖެޓެކޭ ވިދާޅުވަނީ. އެކަމު ރައްޔިތުންނަށް އަޑުއިވޭ ގޮތަށް ދައްކަނީ މި ގޮތަށް ވާހަކަ. މުޅިން ވެސް އޮޅުވާލުމެއްގަ މިއުޅެނީ އިއްޒަތްތެރި ރައީސް“އައިބީ ވިދާޅުވިއެވެ.

މީގެއިތުރުން އައިބީ ވިދާޅުވީ، 2008 ވަނަ އަހަރުގެ ފަހުން އެމްޑީޕީގެ ވެރިކަމެއްގައި ފާސްކުރި ބަޖެޓަކަށް ނޫނީ އެ ޕާޓީން ވޯޓު ދީފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީގެ 10 އަހަރުގެ ވެރިކަމުގައި ފާސްކުރި ބަޖެޓުތަކުން ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާއާއި، ކަރަންޓާއި، ސިއްހަތާއި ތައުލީމު އަދި ފާމަސީތަކަށް ބޭސް ހަމަކުރުން ފަދަ އަސާސީ ކަންކަން އެދެވޭ ގޮތުގައި ފުރިހަމަކޮށްދެވިފައި ނުވާ ކަމަށް ވިދާޅުވެ އޭނާ ވަނީ އިދިކޮޅަށް ފާޑުވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
MD haarish
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކޫއްޑޫއިން މީހަކު ހައްޔަރުކޮށްފި
ibufaisal
ރިޔާސީ ޕްރައިމަރީއަށް ވާދަކުރެއްވުމަށް ފައިސަލް ނަސީމް ނިންމެވީ މަޝްވަރާކުރެއްވުމަށްފަހު: އިބޫ
yout ard
ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
budget committee
އެމްޑީޕީ ބަޖެޓު ބަހުސް: ކޮމިޓީގައި ފިނޭންސް މިނިސްޓަރަށް ތައުރީފު، ސައިކޮޓަރީގަ ބަޖެޓު ރަނގަޅު، ތަޅުމުގައި އޮޅުވާލުން!
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި