Monday, 23 November 2026
Ads by

ރިއަލް އެސްޓޭޓް ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ނިންމައިފި

ރިއަލް އެސްޓޭޓް ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ނިންމައިފި

ދެފުށް ފެންނަ، ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ރިއަލް އެސްޓޭޓް ވިޔަފާރިއަށް މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓުގެ ވިޔަފާރީގެ ބިލަށް، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި މިގޮތަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. މި ހުށަހެޅުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ތާއީދު ކުރެއްވިއިރު، އެ ހުށަހެޅުން ފާސްވެގެން ދިޔައީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ޚިޔާލު ހޯދުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ސަމީރު އެ ހުށަހެޅުން ހުށަހެޅުއްވި ނަމަވެސް، އެއްވެސް މެންބަރަކު ތާއީދު ނުކުރެއްވުމުން އޭރު އެކަމަށް ވޯޓަކަށް ނާހައެވެ.

ނަމަވެސް މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ޝުޖާއު ވިދާޅުވީ، ކޮމިޓީގެ މަސައްކަތްތައް އަބަދުވެސް ކުރިއަށް ގެންދާނީ މައިނޯރިޓީގެ އަޑުއަހައި އެފަރާތްތަކަށް އިހުތިރާމް ކޮށްގެން ކަމަށެވެ. އެހެންކަމުން މެންބަރު ސަމީރުގެ އެ ހުށަހެޅުމަކީ މުހިންމު އަދި ރަނގަޅު ހުށަހެޅުމެއްގެ ގޮތުގައި ބަލައިގަނެ، އެކަން ކުރިއަށް ގެންދަން ފެނިވަޑައިގަންނަވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ޕާޓީތަކާއި ޖަމިއްޔާތަކުން މަޖިލީހަށް ލިޔުމުން ފޮނުވަން ޖެހޭނީ ސީދާ ބިލަށް ހުށަހަޅާ ޚިޔާލުތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ބިލާ ގުޅޭގޮތުން ކޮމެންޓްކުރަން ބޭނުންވާ ކަމުގެ ޝައުގުވެރިކަން ފާޅުކޮށް ސިޓީ ފޮނުވުމުން، އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް ސީދާ ބައްދަލުވުމުގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު މަޖިލީހުން ފަހިކޮށްދޭނެ ކަމަށެވެ.

އާންމު އުސޫލުން މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް ޚިޔާލު ހޯދަން ދެނީ 7 ދުވަހުގެ މުއްދަތެއް ނަމަވެސް، ރިއަލް އެސްޓޭޓް ބިލަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާއި ކަންބޮޑުވުންތައް ހިމެނޭނެ ބިލަކަށްވާތީ 14 ދުވަހުގެ މުއްދަތެއް ދޭން ނިންމީ ވީހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ހޯދުމުގެ ބޭނުމުގައި ކަމަށް މުގައްރިރު ވިދާޅުވިއެވެ. މީގެއިތުރުން މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އަދި މެންބަރު އާޒިމްގެ ހުށަހެޅުއްވުމާ އެއްގޮތަށް، ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލުތަކުގެ އަލީގައި ކަމާގުޅޭ ވުޒާރާތަކާ ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި ކޮމިޓީން ކުރިން ނިންމާފައި އޮތީ ބިލާ ގުޅުންހުރި މުއައްސަސާތަކުން ލިޔުމުން އެކަނި ޚިޔާލު ހޯދުމަށެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި އެ ނިންމުންވެސް ވަނީ މުރާޖައާކޮށް ބަދަލުކޮށްފައެވެ. އެގޮތުން ކަމާބެހޭ މުއައްސަސާތައް ސީދާ ކޮމިޓީއަށް ހާޒިރުކޮށް، ބިލާ ގުޅޭގޮތުން މެންބަރުން ކުރަން ބޭނުންވާ ސުވާލުތައް ކުރިމަތިކުރުމަށް މިހާރު ވަނީ ފާސްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންއެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާގައި އަމިއްލަ ވިޔަފާރިތައް ބާރުވެރިކޮށް، ސަރުކާރާއި ރައްޔިތުންނަށްވެސް މި ސިނާޢަތުން އެދެވޭ ފައިދާ ހޯދައިދިނުމެވެ. އަދި މި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާކޮށް ކުރިއަރުވައި، ހާމަކަން ބޮޑު ނިޒާމެއްގެ ދަށުން ހިންގޭނެ އުސޫލުތައް ގާއިމުކުރުމާއި، ޑިވެލޮޕަރުން ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި އެފަރާތްތަކުގެ ޒިންމާތަކާއި ހައްޤުތައް މި ބިލުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
committee
ރިއަލް އެސްޓޭޓް ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ނިންމައިފި
sudan
ސޫދާނުގެ ވެރިރަށަށް ދިން ޑްރޯން ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، އދ. ގެ އިމާރާތަކަށް ގެއްލުން ވެއްޖެ
indonesia
އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 3 މީހުން މަރުވެ، 36 މީހުން ގެއްލިއްޖެ
pales
ވެސްޓް ބޭންކުގެ އަވަށްތަކަކަށް ޔަހޫދީ ވަޒަންވެރިން ހަމަލާދީ، ގިނަ އަދަދެއްގެ އުޅަނދުތަކުގައި ރޯކޮށްލައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި