Monday, 23 November 2026
Ads by

ޑްރޯން ހަމަލާއަކާ ގުޅިގެން ރަޝިޔާގެ މުދާ އުފުލާ ބޯޓެއްގައި ރޯވި އަލިފާން އަދިވެސް ނިއްވާނުލެވޭ

ޑްރޯން ހަމަލާއަކާ ގުޅިގެން ރަޝިޔާގެ މުދާ އުފުލާ ބޯޓެއްގައި ރޯވި އަލިފާން އަދިވެސް ނިއްވާނުލެވޭ

ގެއްލުން ލިބިފައިވާ ރަޝިޔާގެ މުދާ އުފުލާ ބޯޓު ދައްކުވައިދޭ ފޮޓޯއެއް، ފިންލޭންޑުގެ ބޯޑަރ ގާޑުން ވަނީ 21 ނޮވެމްބަރު 2026 ގައި އާންމުކޮށްފައި. [ހޭންޑްއައުޓް / ފިންލިޝް ބޯޑަރ ގާޑް، ރޮއިޓާސް]

ބޯލްޓިކް ކަނޑުގައި ފިންލޭންޑުގެ އައްސޭރިފަށާ ކައިރިން ދަތުރުކުރަމުން ދަނިކޮށް، ދިން ޑްރޯން ހަމަލާއެއްގައި ރަޝިޔާގެ މުދާ އުފުލާ ބޯޓެއްގައި ރޯވި އަލިފާން ނިއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، ރޭގަނޑު މުޅިންހެން އަލިފާން އަނދަމުންދިޔަ ކަމަށް ފިންލޭންޑުގެ ކޯސްޓްގާޑުން ބުނެފިއެވެ.

Ad Image
Ads by

މި ހާދިސާ ހިނގާފައިވަނީ ރަޝިޔާގެ ”ސްޕާޓާ 2“ ނަމަކަށް ކިޔާ ބޯޓަށެވެ. ފިންލޭންޑުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި ހޮނިހިރު ދުވަހު މި ބޯޓަށް ދިން ހަމަލާއަކީ ޔޫކްރެއިނުން ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ. ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި، ރަޝިޔާގެ ގޮގްލޭންޑް ޖަޒީރާގެ ހުޅަނގުން ދިން މި ހަމަލާއަށްފަހު، އެ ބޯޓު އޮޔާގޮސް ވަދެފައިވަނީ ފިންލޭންޑުގެ ސަރަޙައްދީ އިމުގެ ތެރެއަށެވެ. އަދި މިހާރު އެ ބޯޓު އޮތީ އެ ސަރަޙައްދުގައި އަޅާފައެވެ.

ބޯޓުގައި ތިބި 16 ފަޅުވެރިން ވަނީ ކައިރީގައި އޮތް ރަޝިޔާގެ އެހެން އުޅަނދަކަށް ރައްކާތެރިކަމާއެކު ބަދަލުކޮށްފައެވެ. ފިންލޭންޑުގެ ކޯސްޓްގާޑުން އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ކޯސްޓްގާޑުގެ އުޅަނދުފަހަރުން ވޯޓާ ކެނަން ބޭނުންކޮށްގެން ދިޔައީ ރޭގަނޑު މުޅި ބޯޓަށާއި، ބޯޓުގެ ޑެކްމަތީގައި ހުރި ކޮންޓޭނަރުތަކަށް ފެންޖަހައި ފިނިކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ފިންލޭންޑުގެ ބޮޑުވަޒީރު ޕެޓެރީ އޯރޕޯ އެކްސްގައި ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ އަސަރު އެމީހުންގެ ސަރަޙައްދަށް ފޯރަމުންދާ ކަމަށާއި، އިސްވެ ހަމަލާދިން ފަރާތާ ދެކޮޅަށް ދިފާޢުގައި ހަނގުރާމަކުރުމުގެ ޙައްޤު ޔޫކްރެއިނަށް އޮންނާނެ ކަމަށެވެ.

މި އަހަރުގެ ތެރޭގައި ޔޫކްރެއިނުން ވަނީ ރަޝިޔާގެ ހުޅަނގު އުތުރުގެ ލެނިންގްރާޑް ސަރަޙައްދަށް އަމާޒުކޮށް ގިނަ އަދަދެއްގެ އަސްކަރީ ޑްރޯން ހަމަލާތައް ފޮނުވާފައެވެ. މީގެ ތެރެއިން ބައެއް ޑްރޯންތައް ބޯލްޓިކްގެ ޤައުމުތަކުގެ ވައިގެ ސަރަޙައްދަށް ވަދެފައިވުމުން، ހަނގުރާމަ ނޭޓޯގެ ސަރަޙައްދަށް ފެތުރިދާނެ ކަމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ.

އެސްޓޯނިއާގެ ނޭވީ ކޮމާންޑަރު އިވޯ ވަރކް ވިދާޅުވީ، ފިންލޭންޑް ގަލްފުގެ ސަރަޙައްދުގައި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ހަމަލާތައް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ވޭތުވެދިޔަ ހަފްތާގައި ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެއްގައި އެ ސަރަޙައްދުން ރަޝިޔާގެ ހަނގުރާމަމަތީ މަނަވަރަކަށް ހަމަލާ އަމާޒުވިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފިންލޭންޑުގެ އަސްކަރިއްޔާއިން ބުނެއެވެ.

އަލިފާން ރޯވި 121 މީޓަރު (397 ފޫޓު) ދިގު މި ބޯޓަކީ ރަޝިޔާގެ ދިފާޢީ ވުޒާރާއަށް ލޮޖިސްޓިކްސް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ ”އޮބޮރޮންލޮޖިސްޓިކާ“ ގެ ބޯޓެކެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މި ބޯޓު ހުކުރު ދުވަހު ސެއިންޓް ޕީޓަސްބާގުން ފުރައިގެން ދަތުރުކުރަމުން ދިޔައީ ރަޝިޔާގެ ސަރަޙައްދެއް ކަމަށްވާ ކަލިނިންގްރާޑަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
bila
ޖުމްލަ 14 އަށްވުރެ ގިނަ ރަން މެޑައްޔާއެކު ޔޭލް ޔުނިވަސިޓީގައި ބޭއްވި މުބާރާތަކުން ރާއްޖެއަށް ފަޚުރުވެރި ވަނަތަކެއް!
8a2fa676-0aad-4db3-864d-4a7ea76ad563
އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް ބޭއްވި މަޝްވަރާތައް އެއްބަސްވުމަކަށް ނާދެވި ނިމިއްޖެ
img_md_202611230627211795397241
ދުޝްމަނުން ބަލިކޮށް ނިކަމެތިކޮށްލާނެ ކަމުގެ އިންޒާރާއެކު އީރާނުން އާ މިސައިލް ލޯންޗަރެއް އާންމުކޮށްފި
russia
ޑްރޯން ހަމަލާއަކާ ގުޅިގެން ރަޝިޔާގެ މުދާ އުފުލާ ބޯޓެއްގައި ރޯވި އަލިފާން އަދިވެސް ނިއްވާނުލެވޭ
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި