Monday, 23 November 2026
Ads by

ޝާހިދު ބުނީ ’ދޮންދަރި‘ އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!

ޝާހިދު ބުނީ ’ދޮންދަރި‘ އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!

ކުޑަކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން (ޒިފްލީން) ރާއްޖޭގައި ކައިވެނި ރަޖިސްޓްރީ ކޮށްފައި ނުވާކަން ރާއްޖޭގެ ފެމިލީ ކޯޓުގެ ރެކޯޑުތަކުން ކަށަވަރުވެއްޖެ އެވެ.

Ad Image
Ads by

ދެ މީހުންގެ ދެމެދުގައި ރަސްމީ ކައިވެންޏެއް ނެތް ނަމަވެސް، ދޮންދަރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފައި ވަނީ ޒިފްލީން ދިރިއުޅޭ ހުޅުމާލޭ ރެއިންބޯ އޯޝަން ފްރޮންޓް އެޕާޓްމެންޓުންނެވެ. ޝާހިދާއި ޒިފްލީން ކައިވެނިކޮށްގެން އުޅޭ ކަމަށް އަޑުފެތުރިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވީ ނަމަވެސް، މިހާތަނަށް ދެ މީހުން ކުރެ އެކަކުވެސް އެކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލައިގައި ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ދިފާއުގައި އޭނާ ބުނެފައިވަނީ އޭނާގެ ދޮންދަރިއެއް ނުހުންނަ ކަމަށެވެ. އެހެންކަމުން، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމަށް ބުނެ ތުހުމަތު ފޯމުގައި ހިމަނާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ޝާހިދުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރި އެވެ.

އެހެން ނަމަވެސް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުގައި ފާހަގަކުރި ގޮތުގައި ތަހުގީގަށް ލިބިފައިވާ ބަޔާންތަކުން ކުއްޖާ ޝާހިދަށް މުހާތަބު ކުރަނީ ”ބައްޕި“ ގެ ގޮތުގަ އެވެ. އަދި ޝާހިދަކީ ކުއްޖާގެ ދޮންބައްޕަ ކަމަށް އެ ކުއްޖާ ގަބޫލުކުރާކަން އެނގޭ ފަދަ ކަންތައްތަކެއް ހުރި ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އަނިޔާ ލިބުނު ކުއްޖާ ކިޔަވާ ސްކޫލުގެ ކައުންސިލަރަށް އެ ކުއްޖާ ކިޔައިދިން ވާހަކަތަކަކާ ގުޅިގެން އެ ސްކޫލުންނެވެ. ސްކޫލް ކައުންސިލަރު ވަނީ ކުއްޖާ ދެއްކި ވާހަކަތަކުގެ ބަޔާނެއް ފުލުހުންނަށް ދީފަ އެވެ.

މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތަކަށް ފަހު ހައި ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ، ޝާހިދު ހައްޔަރުކޮށް ގާނޫނީ އިންޒާރު ދިން އިރުވެސް އެ ކުށުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގުގެ މި މަރުހަލާގައި ކުއްޖާގެ ސީދާ ބަޔާނެއް ނެތް ނަމަވެސް، ކުއްޖާ އެ ވާހަކަތައް ކިޔައިދިން ފަރާތުގެ ބަޔާނާއި އެހެނިހެން ހެކިތަކަށް ބަލާއިރު ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް އުފެދޭ ކަމަށް ހުކުމުގައިވެ އެވެ.

އެ ސަބަބުތަކަށް ރިއާޔަތްކޮށް، ޝާހިދު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރަންޖެހޭ ތަނެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
committee
ރިއަލް އެސްޓޭޓް ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ނިންމައިފި
sudan
ސޫދާނުގެ ވެރިރަށަށް ދިން ޑްރޯން ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، އދ. ގެ އިމާރާތަކަށް ގެއްލުން ވެއްޖެ
indonesia
އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 3 މީހުން މަރުވެ، 36 މީހުން ގެއްލިއްޖެ
pales
ވެސްޓް ބޭންކުގެ އަވަށްތަކަކަށް ޔަހޫދީ ވަޒަންވެރިން ހަމަލާދީ، ގިނަ އަދަދެއްގެ އުޅަނދުތަކުގައި ރޯކޮށްލައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި