Ads by
ޚަބަރު
ވެރިކަމުގެ ނިޒާމާއި މެދު ގޮތެއް ނިންމުމަށް އެމްޑީޕީން މިރޭ ޤައުމީ މަޖިލިސް ޖަލްސާ ބާއްވަނީ 

ރާއްޖޭގައި އޮތް ހިންގުމުގެ ނިޒާމަށް ބަދަލު ގެނައުމާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީގެ ސްޓޭންޑް ކަނޑައެޅުމަށް ޕާޓީގެ ގައުމީ މަޖިލީހުން ބާއްވާ ބައްދަލުވުން މިރޭ އޮންނާނެ ކަމަށް އެ ޕާޓީން ވިދާޅުވެއްޖެއެވެ.

Ads by Eki Online

އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބްރާހީމް ރަޝީދު (އިބުރޭ) ވިދާޅުވީ، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި އެމްޑީޕީ އިން ތާއީދުކުރާނެ ނިޒާމެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބާއްވާ ޤައުމީ މަޖިލިސް އަންގާރަ ދުވަހުގެރޭ 8:30 ގައި އިމާދުއްދީން ސްކޫލުގައި އޮންނާނެކަމަށެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ހިނގަމުންދާ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކުރީ އެމްޑީޕީން ވަކިވެވަޑައިގެންނެވި މަޖިލިސް މެންބަރުންތަކެއް އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅައި އެމްޑީޕީގެ ތާއީދާއެކުއެވެ.

މި ގަރާރު ފާސްކޮށްފައިވާއިރު އެ ވޯޓުގައި ރައްޔިތުންނާ ކުރަންވީ ސުވާލު ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *