Sunday, 22 November 2026
Ads by

ބީއެމްއެލްގެ އެހީތެރިކަމާއެކު ދިއްގަރުގައި ހިންގި ”ސަސްޓެއިނަބަލް އަރބަން ފާމިންގ“ މަޝްރޫޢު ނިންމާލައިފި

ބީއެމްއެލްގެ އެހީތެރިކަމާއެކު ދިއްގަރުގައި ހިންގި ”ސަސްޓެއިނަބަލް އަރބަން ފާމިންގ“ މަޝްރޫޢު ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ އެހީތެރިކަމާއެކު މ. ދިއްގަރުގައި ކުރިއަށްގެންދިޔަ "ސަސްޓެއިނަބަލް އަރބަން ފާމިންގ" މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމުން.. [ފޮޓޯ: ބީއެމްއެލް]

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ”ބޭންކް ފަންޑު“ ގެ އެހީތެރިކަމާއެކު މ. ދިއްގަރުގައި ކުރިއަށްގެންދިޔަ ”ސަސްޓެއިނަބަލް އަރބަން ފާމިންގ“ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފިކަން އެ ބޭންކުން އިޢުލާނުކޮށްފިއެވެ.

Ad Image
Ads by

މި މަޝްރޫޢަކީ ބީއެމްއެލް އިން ފޯރުކޮށްދިން 200,000 (ދެލައްކަ) ރުފިޔާގެ މާލީ އެހީތެރިކަމާއެކު ”ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން“ ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ. މި މަޝްރޫޢުގެ ދަށުން، ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިންގ ފަދަ ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން ވަނީ އިތުރުކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ”ބޭންކް ފަންޑު“ ގެ އެހީތެރިކަމާއެކު މ. ދިއްގަރުގައި ކުރިއަށްގެންދިޔަ ”ސަސްޓެއިނަބަލް އަރބަން ފާމިންގ“ މަޝްރޫޢުގެ ތެރެއިން. [ފޮޓޯ: ބީއެމްއެލް]
މި މަޝްރޫޢު ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ދިއްގަރުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ތާޒާ މޭވާއާއި ތަރުކާރީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މީގެއިތުރުން، އެ ރަށުގެ މުޖުތަމަޢަށް ޒަމާނީ ދަނޑުވެރިކަމުގެ ޢަމަލީ ތަޖުރިބާއާއި މަޢުލޫމާތު ފޯރުކޮށްދީ، އިޤްތިޞާދީ ގޮތުން އައު ފުރުޞަތުތަކެއް ރަށުގެ ރައްޔިތުންނަށް ފަހިކޮށްދިނުމަކީވެސް މި މަޝްރޫޢުގެ މުހިންމު ބޭނުމެކެވެ.

ބީއެމްއެލްގެ ”ބޭންކް ފަންޑު“ ގެ ދަށުން އެ ބޭންކުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމަޢަށް ފައިދާހުރި، ދެމެހެއްޓެނިވި ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމަޢު ބާރުވެރިކުރުވުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް އެ ބޭންކުން އަބަދުވެސް އަންނަނީ އެއްބާރުލުން ދެމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
large (4)
ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026 ފަށައިފި
IMG-20261122-WA0002
ބީއެމްއެލްގެ އެހީތެރިކަމާއެކު ދިއްގަރުގައި ހިންގި "ސަސްޓެއިނަބަލް އަރބަން ފާމިންގ" މަޝްރޫޢު ނިންމާލައިފި
vashafaru fitness'
ވަށަފަރު ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށް
Shahid 232
ކުޑަކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދުގެ ބަންދު ދަމަހައްޓަން ހައިކޯޓުން ނިންމައިފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި