Saturday, 28 November 2026
Ads by

މުވައްޒަފުންގެ ޝަކުވާތަކަށް ދެފުށް ފެންނަ ގޮތެއްގައި ހައްލު ހޯއްދައިދޭނަން: ރައީސް

މުވައްޒަފުންގެ ޝަކުވާތަކަށް ދެފުށް ފެންނަ ގޮތެއްގައި ހައްލު ހޯއްދައިދޭނަން: ރައީސް

ރައްޔިތުންގެ އަޑު 14 ވަނަ ޕްރޮގްރާމްގައި ރައިސް ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފިސް

ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ކުރިމަތިވާ ތަފާތު ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހައި، އެކަންކަމަށް ދެފުށް ފެންނަ އިންސާފުވެރި އުސޫލެއްގެ ތެރެއިން ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Ad Image
Ads by

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ސީދާ ރައީސާ ހިއްސާކުރުމަށް ކުރިއަށްގެންދާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމުގެ 14 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަދެއްކި ނަރުހަކު ވަނީ، މަސައްކަތުގެ މާހައުލުގައި ގެންގުޅޭ ތަފާތުކުރުންތަކާއި ޙައްޤުތައް ކަށަވަރުކުރުމުގައި ހުރި ހުރަސްތަކުގެ އިތުރުން، މުވައްޒަފުން ހުށަހަޅާ ޝަކުވާތަކަށް އިދާރީ ވެރިން އެކަށީގެންވާ އިޖާބައެއް ނުދޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެއިތުރުން، ނާސިންގ ދާއިރާގެ ފަންނީ ތަޖުރިބާ ނެތް ފަރާތްތަކުން ނަރުހުންގެ މަސައްކަތްތައް ބަލަހައްޓަމުންދާ ކަމަށާއި، އޭގެ ސަބަބުން ދާއިރާއާ ނުގުޅޭ ނިންމުންތައް ނިންމަމުންދާ ކަމުގެ ޝަކުވާވެސް އެ ނަރުސް ވަނީ ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

އެ ޝަކުވާތަކަށް އިޖާބަދެއްވަމުން ރައީސް ވިދާޅުވީ، ނަރުހުންނަކީ ޚާއްޞަ މުހިންމު ޚިދުމަތެއް ފޯރުކޮށްދޭ ބައެއް ކަމަށާއި، އެ ދާއިރާއިން ހުށަހެޅުނު ކަންބޮޑުވުންތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން ސީރިއަސްކަމާއެކު ބައްލަވައިދެއްވާނެ ކަމަށެވެ.

އަދި ވަޒީފާގެ މާހައުލުގައި އިންސާފު ޤާއިމުކުރުމަށާއި މުވައްޒަފުންގެ ޝަކުވާތަކަށް ޖަވާބުދާރީވުމުގެ ނިޒާމު މިހާރަށްވުރެ ހާމަކަން ބޮޑު ގޮތެއްގައި ބައްޓަންކުރުމަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަސައްކަތުގެ މާހައުލަކީ ރައްކާތެރި އަދި ހަމަހަމަ ތަނަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޖިންސީ ފުރައްސާރައާއި ގޯނާގެ ޢަމަލުތައް ހުއްޓުވުމުގެ ނިޒާމު ހަރުދަނާކުރުމަށް ކަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް މިހާރު ވަނީ ހުށަހަޅާފައެވެ.

ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމާއެކު، އެންމެންނަށް ހަމަހަމަ ފުރުޞަތު ލިބޭ ޝާމިލު މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261128_033711_X
މަހަކު 3،500 ރުފިޔާއަށް ދަރިވަރުންނަށް ދިރިއުޅެވޭ "އެކުވެހި" ރެސިޑެންސް ދައްކާލަން ނިންމައިފި
HYJjEuIbEAAif4f
އެއްވެސް މީހެއްގެ ނުފޫޒެއްނެތި ބޯހިޔާވަހިކަން ފޯރުކޮށްދޭނަން: ރައީސް
HYJHzFEa4AA9jBb
ލިސްޓުގައި ނުހިމެނޭ ބަޔަކަށް ވޯޓު ކަރުދާސް ދޫކުރެވިގެން އެމްޑީޕީގެ ވޯޓު ފޮށްޓެއް ބަންދުކޮށްފި
vote foshi
ދިގުރަށުގައި ބަހައްޓާފައި ހުރި އެމްޑީޕީ ވޯޓު ފޮށި ބަޔަކު ވަގަށް ނަގައިގެން ލޯންޗެއްގައި ފިލައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟