މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ އަލިފާން ނިއްވާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހ. ބެރަބެދިމާގޭގެ ދެވަނަ ފަންގިފިލާގައެވެ.
އެމްއެންޑީއެފުން ބުނީ، ހ. ބެރަބެދިމާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ 23:25 ހާއިރު ކަމަށެވެ. މި ރިޕޯޓް ލިބުމާ އެކު، ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެގޭގައި ރޯވި އަލިފާން އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ ރޭ މެންދަމު 00:39 ހާއިރުއެވެ.















