އެސްޓީއޯގެ ފިހާރަތަކުގައި ކެރެޓް ކިލޯއެއް 40 ރުފިޔާއަށް ވިއްކަން ފަށާފައިވާކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން މިއަދު ރަސްމީކޮށް ހާމަކޮށްފިއެވެ.
މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން އާންމުކުރި އަސާސީ ބާވަތްތައް ވިއްކާ އަގުތަކުގެ ތަފްސީލުގައިވާ ގޮތުން، އެސްޓީއޯގެ ފިހާރަތަކުން 1 ކިލޯ ކެރެޓް 40 ރުފިޔާއަށް ލިބެން ހުންނާނެއެވެ.
އެސްޓީއޯގެ ފިހާރަތަކުގައި އަސާސީ ބާވަތްތައް ވިއްކަމުންދާ އަގުތައް@stoplc pic.twitter.com/5eBNhhgql7
— Ministry of Economic Development,Transport & Trade (@MoEDmv) November 21, 2026
މީގެ އިތުރުން، 1 ކިލޯ ލޮނުމެދު އެސްޓީއޯގެ ފިހާރަތަކުން 50 ރުފިޔާއަށް ވިއްކަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރި މައުލޫމާތުގައިވެއެވެ.
ބާޒާރުގައި އަސާސީ ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށާއި ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ނަމަވެސް މިނިސްޓްރީގެ މި ޕޯސްޓަށް ކޮމެންޓުކުރި ބައެއް އާންމުން ވަނީ ހުޅުމާލޭ އެސްޓީއޯ ފިހާރައިން ކެރެޓް ހުސްވެފައިވާ ކަމަށާއި، ހުރިހާ ރަށެއްގައި އެސްޓީއޯގެ ފިހާރަތައް ހުރޭތޯ ސުވާލު އުފައްދައި، އަގުތަކަށް އަންނަ ބަދަލުތައް މެދުނުކެނޑި އަޕްޑޭޓް ކުރުމަށް އެދިފައެވެ.














