Saturday, 28 November 2026
Ads by

ސުލްހަ ދެމެހެއްޓުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމާ ގުޅޭ ބައިނަލްއަޤްވާމީ ފޯރަމެއްގައި ރާއްޖެއިން ތަޞައްވުރު ހިއްސާކޮށްފި

ސުލްހަ ދެމެހެއްޓުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމާ ގުޅޭ ބައިނަލްއަޤްވާމީ ފޯރަމެއްގައި ރާއްޖެއިން ތަޞައްވުރު ހިއްސާކޮށްފި

ދެކުނު އޭޝިއާގެ ސަރަޙައްދުގައި ސުލްހަމަސަލަސްކަމާއި ހަމަޖެހުން ޤާއިމުކުރުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން ބޭއްވި ސަރަޙައްދީ ފޯރަމެއްގައި، އެ ދާއިރާއިން ދިވެހިރާއްޖެ ދެކޭގޮތާއި ރާއްޖޭގެ ތަޞައްވުރު ހިއްސާކޮށްފިއެވެ.

Ad Image
Ads by

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މި މަހުގެ 17 އިން 20 އަށް ކުރިއަށްދިޔަ ”ރީޖަނަލް ފޯރަމް ޓު ޕްރޮމޯޓް ޕީސްފުލް، އިންކްލޫސިވް އެންޑް ރެޒިލިއަންޓް ސައުތު އޭޝިއާ ސޮސައިޓީސް ތްރޫ ދަ ވިމެން، ޕީސް އެންޑް ސެކިއުރިޓީ އެޖެންޑާ“ ގައި ރާއްޖެ ތަމްސީލުކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ މުޙުސިނާ ޢަބްދުއްރަޙްމާނެވެ.

މި ފޯރަމްގެ ތެރެއިން ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުން މުޙުސިނާ ވަނީ އަންހެނުންނާއި ސުލްހަ އަދި ރައްކާތެރިކަމުގެ އެޖެންޑާގެ ދަށުން ރާއްޖޭގެ މިހާރުގެ ޙާލަތު ބަޔާންކޮށްދެއްވާފައެވެ.

މީގެ އިތުރުން، މިފަދަ މުހިންމު ލަނޑުދަނޑިތަކެއް ޙާޞިލުކުރުމަށްޓަކައި ދެކުނު އޭޝިއާގެ ޤައުމުތަކުގެ މެދުގައި އޮންނަ ސަރަޙައްދީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ޔޫއެން ވިމެން އިން އިންތިޒާމުކޮށް، ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ސަރަޙައްދީ ފެންވަރުގައި ހުރިހާ ފަރާތްތަކެއް ޝާމިލުވާ، އަދި ކާރިސާތަކާއި ގޮންޖެހުންތަކުން އަވަހަށް އަރައިގަތުމުގެ ޤާބިލުކަން ލިބިފައިވާ މުޖުތަމަޢުތަކެއް ބިނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މި ފޯރަމް ވެގެންގޮސްފައިވަނީ ދެކުނު އޭޝިއާ ސަރަޙައްދުގައި އަންހެނުން ބާރުވެރިކުރުވައި، ދެމެހެއްޓެނިވި ސުލްހަ ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދިޔަ މުހިންމު ޕްލެޓްފޯމަކަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261128_033711_X
މަހަކު 3،500 ރުފިޔާއަށް ދަރިވަރުންނަށް ދިރިއުޅެވޭ "އެކުވެހި" ރެސިޑެންސް ދައްކާލަން ނިންމައިފި
HYJjEuIbEAAif4f
އެއްވެސް މީހެއްގެ ނުފޫޒެއްނެތި ބޯހިޔާވަހިކަން ފޯރުކޮށްދޭނަން: ރައީސް
HYJHzFEa4AA9jBb
ލިސްޓުގައި ނުހިމެނޭ ބަޔަކަށް ވޯޓު ކަރުދާސް ދޫކުރެވިގެން އެމްޑީޕީގެ ވޯޓު ފޮށްޓެއް ބަންދުކޮށްފި
vote foshi
ދިގުރަށުގައި ބަހައްޓާފައި ހުރި އެމްޑީޕީ ވޯޓު ފޮށި ބަޔަކު ވަގަށް ނަގައިގެން ލޯންޗެއްގައި ފިލައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
sasyj
އެމެރިކާގެ ސިފައިން ހިފެހެއްޓި ދެ ތެޔޮ ޓޭންކަރު އަނބުރާ ހޯދާފައިވާ ކަމަށް އީރާނުން ބުނެފި
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟