Sunday, 22 November 2026
Ads by

ރޮނާލްޑޯ 986 ވަނަ ލަނޑު ކާމިޔާބުކޮށްފި

ރޮނާލްޑޯ 986 ވަނަ ލަނޑު ކާމިޔާބުކޮށްފި

ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ކެރިއަރުގެ 986 ވަނަ ލަނޑު ރޭ ކާމިޔާބުކޮށްފިއެވެ. އޭނާގެ ފުޓްބޯޅަ ހަޔާތުގައި 1000 ލަނޑު ހަމަކުރުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރަމުންދާ ރޮނާލްޑޯ މި ލަނޑު ޖަހާފައިވަނީ ސައުދީ ޕްރޯ ލީގުގައި އަލް އަހްލީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

Ad Image
Ads by

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 14 ވަނަ މިނިޓުގައި ރޮނާލްޑޯ ވަނީ މޮޅު ލަނޑެއް ޖަހައި އަލް ނަސްރަށް މެޗުގެ ކުރި ހޯދައިދީފައެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ލީޑު ފުޅާކުރުމަށް ރޮނާލްޑޯއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް، އަލް ނަސްރަށް ލިބުނު ޕެނަލްޓީ އޭނާ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ރޮނާލްޑޯގެ ލަނޑާއެކު އަލް ނަސްރު ކުރީގައި އޮތް ނަމަވެސް، ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އަލް އަހްލީގެ ގަލޭނޯ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި އަލް އަހްލީން ކުޅުން ވަރުގަދަކުރިއިރު، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އިވާން ޓޯނީ ވަނީ ލަނޑު ޖަހައި މެޗުގެ ލީޑު އެ ޓީމަށް ނަގައިދީފައެވެ. އަދި މެޗުގެ 71 ވަނަ މިނިޓުގައި ރޮޖާ އިބަނޭޒް ކާމިޔާބުކުރި ލަނޑާއެކު އަލް އަހްލީން ވަނީ 3-1 ގެ ނަތީޖާއަކުން އަލް ނަސްރުގެ މައްޗަށް ކުރި ހޯދައި މެޗު ކާމިޔާބުކޮށްފައެވެ.

އަލް އަހްލީ އަތުން އަލް ނަސްރު ބަލިވި މެޗުގައި، ލިބުނު ޕެނަލްޓީ ބޭކާރުވުމުން ކްރިސްޓިއާނޯ ރޮނާލްޑޯ ހިތާމަފާޅުކުރަނީ.. [ފޮޓޯ: ޔާސިރު ބަޚްޝް / ގެޓީ އިމޭޖަސް]
މި މެޗުން އަލް ނަސްރު ބަލިވި ނަމަވެސް، ކެރިއަރުގެ 1000 ލަނޑުގެ ތާރީޚީ ލަނޑުދަނޑިއާ ދިމާއަށް ރޮނާލްޑޯ ކުރަމުންދާ ދަތުރުގައި މިއީ އިތުރުވި މުހިންމު ބޮޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
img_lg_202502250105011740470701
އެސްޓީއޯގެ ފިހާރަތަކުގައި ކެރެޓް ކިލޯއެއް 40ރ. އަށް!
Shahid 232
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމުގައި ޝާހިދު ހައްޔަރުކުރި އަމުރުގެ ހުކުމް މާދަމާ
Rafiu
ކުޅިވަރުގެ 213 މަޝްރޫޢު ނިމި، އަންނަ ނޮވެމްބަރަށް 70 އިންސައްތަ ނިންމާލެވޭނެ: ވަޒީރު ރާފިޢު
big_HY2FraBbWSNLzyg6HQi6qkkhp
ކަނޑުގެ ވަސީލަތްތަކުން އިޤްތިޞާދީ މަންފާ އިތުރުކުރުމަށް، މެރިކަލްޗަރއަށް ޚާއްސަ 13 ސަރަހައްދެއް ކަނޑައަޅައިފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި