Ads by
ޚަބަރު
ސިޔާސީ ފިކުރަށް ވުރެ އަޅުގަނޑުމެންގެ މުސްތަގުބަލާއި، މިނިވަންކަން މާ މުހިންމު: ޑރ. މުޢިއްޒު

ސިޔާސީ ފިކުރަކަށް ވުރެ ގައުމުގެ މިނިވަންކަމާއި މުސްތަގުބަލު މުހިންމު ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އިންތިހާބީ ރައީސެއްގެ ގޮތުގައި އާންމުންނާއި ބައްދަލުކޮށް، ޝުކުރު އަދާކުރުމުގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ސިޔާސީ ފިކުރަކާއި، ސިޔާސީ ޕާޓީއަކަށް ވުރެ މުހިންމު ކަމަށެވެ.

އަދި ރައްޔިތުން ބޭނުންވަނީ ގައުމުގެ ހަމަޖެހުން ކަމަށާއިހާއްސަކޮށް އަދުލުވެރިކަމާއި އެކު، މަސައްކަތްކޮށް ބަދަލު ހިފުމުގެ ރޫހު ދޫކޮށްލަން ޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ހަމަޖެހުމަށްޓަކައި އެކަކު އަނެކަކަށް ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެންނަން ޖެހޭކަމަށް މީހުންނަށް އަނިޔާ ކުރުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަކީ ކުރައްވާނެ ކަމެއްކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ދިވެހި ޤައުމުގެ މިނިވަނަކަން ދިފާއުކޮށް ހިމާޔަތް ކުރެއްވުމަށް ދިވެހި ރައްޔިތުން ކުރެއްވި މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *