Thursday, 19 November 2026
Ads by

ކުޑަކުދިންނަށް ކުރާ އަނިޔާތައް ރިޕޯޓްކުރުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް: މިނިސްޓްރީ

ކުޑަކުދިންނަށް ކުރާ އަނިޔާތައް ރިޕޯޓްކުރުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް: މިނިސްޓްރީ

ކުޑަކުދިންގެ ހައްގުގަ އަޑު އުފުލި އިހްތިޖާޖެއްގެ ތެރެއިން.. ފޮޓޯ| ވޮއިސް

ކުޑަކުދިންނަށް ކުރާ އަނިޔާގެ އަމަލުތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުމަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ކޮންމެ ދިވެހި ފަރުދަކަށްވެސް ލާޒިމުކުރާ ކަމެއް ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މިއަދު ހަނދާންކޮށްދީފިއެވެ.

Ad Image
Ads by

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމުގެ ދުވަހާ ގުޅިގެން އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ކޮންމެ ކުއްޖަކީވެސް ރައްކާތެރި އަދި ކުލުނުވެރި މާހައުލެއްގައި އުޅެބޮޑުވުމުގެ ހައްގު ލިބިގެންވާ ކުއްޖެއްކަން ހަނދާން އާކޮށްދޭ ދުވަހެއް ކަމަށެވެ. އަދި ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަނިޔާއަށް ހުށަހެޅިފައިވާ ކުދިން ދެނެގަތުމަށްޓަކައި، އަނިޔާ ލިބެމުން އަންނަ ކުދިންގެ ކިބައިން ފެނިދާނެ ނިޝާންތަކަކީ ކޮބައިކަން ދެނެގަނެ، އެކަންކަމަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުދިންނަށް ކުރާ އަނިޔާތައް ރިޕޯޓްކުރުމުން އެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެ އުނދަގޫ ހާލަތުން އަރައިގަނެ ވިލުންތެރި ބަޔަކަށް ހެދުމަށް ދައުލަތުގެ މުއައްސަސާތަކުން ކުރާ މަސައްކަތުގައި މުޖުތަމައުގެ ދައުރު އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރުން، ތިމާގެ ފަރާތުން ކުޑަކުއްޖެއްގެ ރައްކާތެރިކަމަށް އަސަރުކުރާނެ ފަދަ އެއްވެސް ކަމެއް ވިޔަނުދިނުމަށާއި، އެހެން މީހެއްގެ ފަރާތުން އެފަދަ ކަމެއް ކުރިމަތިވިޔަ ނުދީ ހުއްޓުވަން މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެވެސް އަޒުމަކަށް ހަދަންޖެހޭ ކަމަށް މިނިސްޓްރީން ބުންޏެވެ. ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި ތަނަކަށް ރާއްޖެ ހެދޭނީ ކުދިން ރައްކާތެރިކުރުމުގައި އެންމެންގެ ބައިވެރިވުން އިތުރުކޮށްގެން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބަޔާންކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261119_102939_Chrome
ކުޑަކުދިންނަށް ކުރާ އަނިޔާތައް ރިޕޯޓްކުރުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް: މިނިސްޓްރީ
fgd
ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީއާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފި
693278370
ބަޣުދާދުގައި ޔަހޫދީންގެ ތަރިކަ ދާރުލްއާސާރެއް ހުޅުވުމާ ގުޅިގެން އީރާނަށް ތާއީދުކުރާ ޖަމާއަތަކުން އިންޒާރު ދީފި
mauroofu
ރިއަލް އެސްޓޭޓް ބިލާމެދު ނުރުހުން ފާޅުކުރައްވައި، މެންބަރު މައުރޫފް މަޖިލީހުގައި އެ ބިލް ވީދާލައްވައިފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި