ކ. ގުރައިދޫގައި މީގެ ދެ ދުވަހެއް ކުރިން ހިނގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ގުރައިދޫގައި ހިންގި މި މާރާމާރީގައި ހަމަލާދީފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި ހާދިސާގައި އަނިޔާވި ފަރާތަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.












