Thursday, 19 November 2026
Ads by

މަހުގެ ބާވަތްތަކާނުލައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ދަގަނޑުގެ މާއްދާ ހޯދާނީ ކިހިނެއް؟

މަހުގެ ބާވަތްތަކާނުލައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ދަގަނޑުގެ މާއްދާ ހޯދާނީ ކިހިނެއް؟

މަހުގެ ބަދަލުގައި ދަގަނޑު ހޯދުމަށް ބޭނުންކުރެވިދާނެ އެންމެ ރަނގަޅު ބާވަތްތަކުގެ ތެރޭގައި މުގާއި، ތޮޅިއާއި، ބްރޮކޮލީ އަދި ސަންފްލާވާ އޮށް ހިމެނޭ ---

އެއްގަމު މަހާއި ކަނޑުމަހުގެ ބާވަތްތައް ނުކައި، ހަމައެކަނި ގަސްގަހާގެހިން ލިބޭ ކާނާ ބޭނުންކޮށްގެން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ދަގަނޑު ނުވަތަ އަޔަންގެ މާއްދާ ހޯދާނީ ކިހިނެއްތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.

Ad Image
Ads by

ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންސާނުންގެ ހަށިގަނޑުން އެންމެ އާންމުކޮށް މަދުވާ މި މާއްދާއަކީ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އޮކްސިޖަން ފޯރުކޮށްދޭ ހިމޮގްލޯބިން އުފެއްދުމަށް ކޮންމެހެން ބޭނުންވާ މުހިންމު ބައެއް ނަމަވެސް، ކެއުމުގެ އާދަތަކަށް ގެންނަ ކުދިކުދި ބަދަލުތަކާއެކު މަސް ނުކައިވެސް މި މާއްދާ ފުރިހަމައަށް ހޯދިދާނެކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މަހުގެ ބާވަތްތަކުން ލިބޭ ދަގަނޑާ އަޅާބަލާއިރު، ގަސްގަހާގެހިން ލިބޭ ’ނޮން-ހީމް އަޔަން‘ އަކީ ހަށިގަނޑަށް ދަމައިގަންނަން ތަންކޮޅެއް އުނދަގޫ މާއްދާއެކެވެ. ނަމަވެސް ކާނާ ތައްޔާރުކުރާ ގޮތަށާއި ކާ ވަގުތު ބޭނުންކުރާ އެހެނިހެން ބާވަތްތަކަށް ބަދަލު ގެނެސްގެން، ހަށިގަނޑަށް ދަގަނޑު ދަމައިގަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުކުރެވޭނެކަމަށް މާހިރުން ފާހަގަކުރެއެވެ.

މިގޮތުން ފަތްޕިލާވެލި ކައްކާ ގޮތަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ސްޕިނެޗް އަދި ކޮޕީފަތް ފަދަ ބާވަތްތަކުގައި ހުންނަ އޮކްސަލޭޓްސް ކިޔާ މާއްދާއަކީ އަޔަން ހަށިގަނޑަށް ދަމައިގަތުމަށް ހުރަސްއަޅާ އެއްޗެއް ނަމަވެސް، އެ ފަތްތައް ފެނުކައްކާލުމުން އެ މާއްދާ ބޭރުވެ އަޔަން ލިބޭ މިންވަރު އިތުރުވެއެވެ. މީގެ އިދިކޮޅަށް، ކެބެޖާއި ބޮކްޗޯއި ފަދަ ތަރުކާރީ ރޯކޮށް ނުވަތަ އާވިން ކައްކައިގެން ކެއުމުން އޭގައި ހުންނަ ވިޓަމިން ސީ ރައްކާތެރިވެ، އަޔަން ދަމައިގަތުމަށް އެހީވެދެއެވެ.

އަޔަން ގިނައިން ހިމެނޭ ކާނާއާއެކު ވިޓަމިން ސީ އެކުލެވޭ ބާވަތްތައް ބޭނުންކުރުމަކީވެސް ހަށިގަނޑަށް ދަގަނޑު ނަގައިދޭ މިންވަރު އިތުރުކޮށްދޭ ކަމެކެވެ. އެހެންކަމުން ކާ ތަކެތީގައި ލުނބޯ ހުތް ޖަހައިގެން ކެއުމާއި، ކާގަޑީގައި އޮރެންޖު ޖޫސް ބުއިމަކީ ފައިދާހުރި އާދައެކެވެ. ހަމައެއާއެކު، ގޮވާމުގެ ބާވަތްތަކުގައި ހުންނަ ފައިޓިކް އެސިޑް ނައްތާލުމަށްޓަކައި ފާމެންޓް ކޮށްފައިވާ ކާނާ ބޭނުންކުރުމަކީވެސް އަޔަން ދަމައިގަތުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ކާގަޑީގައި ބޯ ބުއިންތަކަށް ސަމާލުވުމަކީވެސް މުހިންމު ކަމެއްގެ ގޮތުގައި މާހިރުން ފާހަގަކުރެއެވެ. ސަބަބަކީ ސައި އަދި ކޮފީގައި އެކުލެވޭ ޓެނިންސް އާއި ޕޮލިފީނޯލްސް އަކީ ހަށިގަނޑަށް އަޔަން ދަމައިގަތުން ހުއްޓުވާ މާއްދާތަކަކަށް ވާތީއެވެ. އެހެންކަމުން އަޔަން ގިނަ ކާނާއެއް ކެއުމަށްފަހު މަދުވެގެން ދެ ގަޑިއިރު ފަހުން ނޫނީ ސައި ނުވަތަ ކޮފީ ނުބުއިމަށް އިރުޝާދު ދީފައިވެއެވެ.

މަހުގެ ބަދަލުގައި ދަގަނޑު ހޯދުމަށް ބޭނުންކުރެވިދާނެ އެންމެ ރަނގަޅު ބާވަތްތަކުގެ ތެރޭގައި މުގާއި، ތޮޅިއާއި، ބްރޮކޮލީ އަދި ސަންފްލާވާ އޮށް ހިމެނެއެވެ. މިފަދަ ކާނާ ބޭނުންކުރުމުގައި އެއްފަހަރާ ގިނަ އަދަދަކަށް ކެއުމުގެ ބަދަލުގައި، ދުވަހުގެ އެކި ވަގުތުތަކަށް ބަހާލައިގެން މަދުމަދުން ބޭނުންކުރުމަކީ ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތެވެ. އަދި ވަރުބަލިވުމާއި ނޭވާ ކުރުވުން ފަދަ އަޔަން މަދުވުމުގެ އަލާމާތްތައް ފެންނަނަމަ، އަމިއްލައަށް ބޭސް ކެއުމުގެ ބަދަލުގައި ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
hasdfg
އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ސިފައިންގެ ޓޭންކަރުތައް އަނެއްކާވެސް ޣައްޒާގެ ތެރެއަށް ވަދެގަނެފި
IMG_3459
މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާބެހޭ ބިލު މަޖިލީހަށް ބަލައިގެންފި
902205083-1686381906617839-6959954579775541330-n-876x657
ހުޅުމާލެ ފޭސް އެކެއްގައި ބީއެމްއެލްއިން ތަރައްގީކުރާ އިތުރު 182 ފްލެޓުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
Majilis 232
އަބުރާ ބެހުމުގެ ގެއްލުމުގެ ބަދަލަށް ބައި މިލިއަން ރުފިޔާ ނަގައިދެވޭ ބިލު މަޖިލީހަށް ބަލައިގެންފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި