Thursday, 19 November 2026
Ads by

މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަޝްރޫއުތައް ދައުރުގެ ތެރޭގައި ނިންމާނަން: ރައީސް

މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަޝްރޫއުތައް ދައުރުގެ ތެރޭގައި ނިންމާނަން: ރައީސް

މި ދައުރު ނިމުމުގެ ކުރިން މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބޮޑު ކުރިއެރުމެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

Ad Image
Ads by

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އިގުތިސާދީ ހަރަކާތް ކަމަށްވާ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ބޮޑަށް ހީނަރުވެ ފުން އަނދަވަޅަކަށް ވެއްޓިފައިކަން ފާހަގަކުރައްވައި، އެ ހާލަތުން ސިނާއަތް ސަލާމަތްކޮށް ކޮޅަށް ޖެހުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދައްކާ ހުރި 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކައި ހަލާސްކޮށް، މިހާތަނަށް ޖުމްލަ 2.3 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން 1.3 ބިލިއަން ރުފިޔާއަކީ ރިޔާސީ ވައުދާއެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި ކޯލްޑް ސްޓޯރޭޖު ފެސިލިޓީތަކާއި، އައިސް ޕްލާންޓުތަކުގެ އިތުރުން މަސް ޕްރޮސެސްކޮށް ބަންދުކުރާ ކާރުހާނާތައް އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ މަޝްރޫއުތަކެއްވެސް މި ދައުރުގެ ތެރޭގައި ނިންމައި ހުޅުވުމުން މުޅި ސިނާއަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދޯނިފަހަރުގައި ލޮނުފެނުން ގަނޑުފެން އުފައްދާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް 37 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ތައާރަފުކޮށްފައިވާއިރު، މިހާތަނަށް 40 ދޯންޏެއްގައި އެ ނިޒާމު ހަރުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އާރްއެސްޑަބްލިއު ނިޒާމުގެ ސަބަބުން އޮޑިވެރިންނާއި މަސްވެރިންނަށް ބޮޑެތި މާލީ ފައިދާތަކެއް ލިބެމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް މަސްވެރިންނަށް ސީދާ ފައިދާވާނެ ފަދަ ސިޔާސަތުތައް ތައާރަފުކޮށް ތަންފީޒުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
hasdfg
އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ސިފައިންގެ ޓޭންކަރުތައް އަނެއްކާވެސް ޣައްޒާގެ ތެރެއަށް ވަދެގަނެފި
IMG_3459
މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާބެހޭ ބިލު މަޖިލީހަށް ބަލައިގެންފި
902205083-1686381906617839-6959954579775541330-n-876x657
ހުޅުމާލެ ފޭސް އެކެއްގައި ބީއެމްއެލްއިން ތަރައްގީކުރާ އިތުރު 182 ފްލެޓުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
Majilis 232
އަބުރާ ބެހުމުގެ ގެއްލުމުގެ ބަދަލަށް ބައި މިލިއަން ރުފިޔާ ނަގައިދެވޭ ބިލު މަޖިލީހަށް ބަލައިގެންފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި