Tuesday, 17 November 2026
Ads by

ސާރފިންގ ސްޓޭޑިއަމްގެ މަސައްކަތް ބާރަށް ކުރިއަށް؛ ވައުދުވީ ގޮތަށް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ސާރފިންގ ސްޓޭޑިއަމްގެ މަސައްކަތް ބާރަށް ކުރިއަށް؛ ވައުދުވީ ގޮތަށް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ސާރފިންގ ސްޓޭޑިއަމް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ.. ފޮަޓޯ: ރައީސް މުޢިއްޒު ސޯޝަލްމީޑިއާ

މާލޭގައި ތަރައްޤީކުރަމުން އަންނަ ސާރފިންގ ސްޓޭޑިއަމްގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ރާޅާއެޅުންތެރިންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ މަޝްރޫޢު ނިންމަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ސާރފިންގ ސްޓޭޑިއަމް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ފުލް ސްވިންގްގައި، ވަރަށް ބާރު ސްޕީޑުގައި ކަމަށެވެ. އަދި މާލޭގެ ރާޅާއެޅުންތެރިންގެ މުޖުތަމަޢަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ މި ކުޅިވަރު އުމްރާނީ ވަސީލަތް، ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ނިންމަވައި ރައްޔިތުންނާ ޙަވާލުކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން، އެހެނިހެން ކުޅިވަރުތަކާ ގުޅުންހުރި ކުޅިވަރު އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައްވެސް މިހާރު ވަނީ ރަނގަޅު މިސްރާބަކަށް އެޅި، ފުރިހަމައަށް ކުރިއަށްދާން ފަށާފައި ކަމަށްވެސް ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށާއި، ޒުވާނުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ޤާއިމުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
7e4540a4-916a-4870-a24f-014e071673d4
އިސްތިސްނާއެއް ނެތި ހުރިހާ ދާއިރާއަކުން އަމަލީ ނަތީޖާ ނެރެދެވިއްޖެ: ރައީސް
9b5b4d8e-b840-4da1-851e-160614c56bed
އުމްރާނީ ތަރައްގީގެ ފުރިހަމަ މާނަ ނުކުންނާނީ އިހުތިރާމު ކުރުމުގެ ސިފަ އަށަގަނެގެން: ރައީސް
original
އެކަމަކީ ޤައުމަށް ފައިދާވާ ކަމެއްނަމަ ނުރުހުން އަމާޒުވިޔަސް ކުރައްވާނަން: ރައީސް
Raees 564
ދަރަންޏާއި ބިލުތަކަށް ބޮޑު ހޭދައެއްކޮށް، ބަޖެޓު ޑެފިސިޓް އެއް އަކުރަށް ތިރިކޮށްފިން: ރައީސް
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި