ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބަދަލުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި ނަމަ، ރަސްމާލެ މަޝްރޫއުއާ ދެކޮޅު ނުހައްދަވާނެ ކަމަށާއި ހިތާއި ރުހުމުން އެކަމަށް އާނއެކޭ ވިދާޅުވީސް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
”އަޅުގަނޑު އެއީ ރައީސް ނަޝީދު ކުރެއްވި ކަމެއްނަމަ، ރައީސް ޞާލިހު ކުރައްވާ ކަމެއް ނަމަ، އަޅުގަނޑު ހިތާއި ރުހުމުން އާނއެކޭ ބުނީމުސް، އަޅުގަނޑު އެމީހުންނަށް އިތުބާރު ކުރަން..“ އާޒިމް ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އީގަލް ހިލްސް އިން ރާއްޖޭގައި ފަށަން އުޅޭ މި ބިޔަ މަޝްރޫއު ހުއްޓުވުމަށް މަސައްކަތް ކުރައްވަނީ ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ ވެރިއަކަށް ނުވާތީ ކަމަށެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހަށް އިތުބާރު ކުރައްވާކަން ފާހަގަކުރައްވައި އާޒިމް ދެއްކެވި ވާހަކަތަކުން، ރަސްމާލެ މަޝްރޫއުގެ ޒާތުގައި އެމްޑީޕީއަށް އެއްވެސް މައްސަލައެއް ނެތްކަން ވަނީ ހާމަވެގެން ގޮސްފައެވެ.
މީގެ ކުރިން ވެސް އެމްޑީޕީގެ އެކި ފަރާތްތަކުން ވަނީ ރަސްމާލެ މަޝްރޫއު ރަނގަޅު ކަމަށް އެއްބަސްވެފައެވެ.
ތިމާމެންނަށް އުޅެއުަޅެ ނުގެނެވުނު ވަރުގެ ބިޔަ ފައިދާހުރި އިންވެސްޓްމެންޓެއް ރައީސް މުޢިއްޒު ގެންނެވީތީ ހަޖަމުނުވުން ނޫން ސަބަބެއް ނެތް! pic.twitter.com/fC6SkezMBI
— Ibrahim Falah (@IbrahimFalahR) November 15, 2026
އެހެންނަމަވެސް، ސިޔާސީ މަންފާއަށްޓަކައި ރާއްޖެއަށް އަންނަން އޮތް ބޮޑު އިންވެސްޓްމަންޓަކަށް ހުރަސްއެޅުމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން އެމްޑީޕީއާއި ޕީއެންއެފް ގުޅިގެން ދާދިފަހުން ބޭއްވި އެއްވުމުގައި 6،000 މީހުން ބައިވެރިވި ކަމަށް ބުނި ނަމަވެސް، އެ ސަރަހައްދުގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ އެއްވުމަށް 600 މީހުން ވެސް ހަމަނުވެއެވެ.














އެހއންވީމަ އެނގިގެ ް މިދިޔައީ ސިޔާސީ ސްޓަންޓެއްކަން އިދިކޮޅުން ތިޖައްސަނީ ހަހަހަ ބޯއި ހަލާކު
އެހެންވީމާ މާނަައަކީ އެކަން ރަނގަޅޭ. މުއިއްޒުއަށް ނަފުރަތޭ. ތީ މުނާފިގު ވިސްނުން.