Tuesday, 17 November 2026
Ads by

ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން މިބްސާ ހޯދައިފި

ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން މިބްސާ ހޯދައިފި

ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ މިބްސާއަށް ވަޒީރު ރާފިޢު ޓްރޮފީ ހަވާލުކޮށްދެއްވަނީ --- ފޮޓޯ: އެމްޕީބީއޭ

ވާދަވެރި ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް، މި އަހަރުގެ ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން މިބްސާއިން ހޯދައިފިއެވެ.

Ad Image
Ads by

ގައުމީ ބިލިއާޑް ސެންޓަރުގައި ރޭ ކުޅުނު ފައިނަލް މެޗު މިބްސާއިން ކާމިޔާބުކުރީ 3-2 ގޭމުންނެވެ. މި މެޗުގައި މިބްސާއިން 9-5، 9-6 އަދި 9-3 ފްރޭމުން ކުރިހޯދިއިރު، ސިފައިންގެ ކުލަބުން މޮޅުވި ދެ ގޭމް ކާމިޔާބުކުރީ 9-6 އަދި 7-9 ފްރޭމުންނެވެ.

ފައިނަލަށް ދަތުރުކުރުމަށް މިބްސާއަށް ސެމީ ފައިނަލުގެ ދެ މެޗެއް ކުޅެން ޖެހުނެވެ. އެ ގޮތުން ދެވަނަ ސެމީގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދުމަށްފަހު، ތިންވަނަ ސެމީގައި ކުލަބު ޓީނޭޖް ބަލިކޮށް އެ ޓީމުން ވަނީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. ސިފައިންގެ ކުލަބު ފައިނަލަށް ދިޔައީ ފުރަތަމަ ސެމީގައި ކުލަބު ޓީނޭޖް ބަލިކޮށްގެންނެވެ.

ފައިނަލް މެޗަށްފަހު ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީ އާއި މެޑެލް ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކުރާ މި މުބާރާތުގެ ޓީމު އިވެންޓުގައި ޖުމްލަ 10 ކުލަބަކުން ވާދަކުރިއެވެ. އެއީ މިބްސާ އާއި ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ކުލަބު ޓީނޭޖް، ޒެފްރޯލް، ކީން ސްޕޯޓްސް ކުލަބު، ފުއްލާޒް ރެކްރިއޭޝަން ކުލަބު، ބްލަޑް ބްރަދާސް ސްޕޯޓްސް ކުލަބު، ފްލެކްސަރ ސްޕޯޓްސް ކުލަބު، އެޕެކްސް ސްޕޯޓްސް ކުލަބު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.

މި އަހަރުގެ ގައުމީ ބިލިއާޑް މުބާރާތުގައި ސިންގަލްސް އަދި ޑަބަލްސްގެ ގިނަ ކެޓެގަރީތަކެއް ހިމެނެއެވެ. ސިންގަލްސް ބައިން އެންމެ ގިނަ ކުޅުންތެރިން ވާދަކުރީ 75 ކުޅުންތެރިން ބައިވެރިވި ފިރިހެން ދެވަނަ ޑިވިޝަނުގައެވެ. މީގެ އިތުރުން ފިރިހެން ފުރަތަމަ ޑިވިޝަނުގައި 29 ކުޅުންތެރިން ވާދަކުރާއިރު، އަންހެން ސިންގަލްސްގައި 18 ކުޅުންތެރިން ވާދަކުރެއެވެ.

ޑަބަލްސް އިވެންޓުތަކަށް ބަލާއިރު ފިރިހެން ޑަބަލްސްގައި 46 ޕެއާ، އަންހެން ޑަބަލްސްގައި 8 ޕެއާ އަދި މިކްސްޑް ޑަބަލްސްގައި 18 ޕެއާ ބައިވެރިވެފައިވެއެވެ.

ޖުމްލަ 400 އަށްވުރެ ގިނަ މެޗު ކުޅެވޭ މި މުބާރާތަކީ ރާއްޖޭގައި ބިލިއާޑް ކުޅުން ކުރިއަރަމުންދާ މިންވަރު ދައްކުވައިދޭ، އަދި ގައުމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ކުޅުންތެރިންނާއި ކުލަބުތަކަށް ފަހިކޮށްދޭ މުހިންމު މުބާރާތެއް ކަމަށް އެމްޕީބީއޭއިން ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި