Tuesday, 17 November 2026
Ads by

ޕްރޮފެޝަނަލް މިންގަނޑުތައް ހަރުދަނާކުރުމަށް ފުލުހުންގެ ތަމްރީނުތަކުގައި އިހުތިރާމުކުރުމުގެ މޮޑިއުލެއް ހިމަނަނީ

ޕްރޮފެޝަނަލް މިންގަނޑުތައް ހަރުދަނާކުރުމަށް ފުލުހުންގެ ތަމްރީނުތަކުގައި އިހުތިރާމުކުރުމުގެ މޮޑިއުލެއް ހިމަނަނީ

ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާކޮށް އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން، ފުލުހުންނަށް ދެވޭ ތަމްރީނު ޕްރޮގްރާމުތަކުގައި ’އިހުތިރާމުކުރުން‘ ވަކި މޮޑިއުލެއްގެ ގޮތުގައި ކިޔަވައިދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.

Ad Image
Ads by

މި ނިންމުމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ފުލުހުން ހިންގާ އަސާސީ ތަމްރީނުތަކުގެ އިތުރުން ޚާއްޞަ އޮޕަރޭޝަނަލް އަދި ޓެކްނިކަލް ތަމްރީނު ޕްރޮގްރާމުތަކުގައި ވެސް މި މޮޑިއުލް ހިމަނާނެ ކަމަށެވެ.

ލ. ހިތަދޫ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި، މިއީ އެކަކު އަނެކަކަށް އިހުތިރާމުކުރުމުގެ ސަގާފަތެއް ރާއްޖޭގައި އަށަގެންނެވުމަށް ޤައުމީ ފެންވަރުގައި ފެށި ކެމްޕޭނާ ގުޅުވައިގެން އެޅުއްވި ފިޔަވަޅެކެވެ.

އިހުތިރާމުކުރުމުގެ ސަގާފަތް ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ ޤައުމީ ކެމްޕޭން ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.

މި ޤައުމީ މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ދިވެހިންގެ ތެރޭގައި އޮތް ރިވެތި އާދަކާދަތަކާއި އިސްލާމީ މަތިވެރި އަޚްލާޤުގެ އިތުރުން، އެކަކު އަނެކަކަށް އޮންނަ އިޙްތިރާމުގެ ގުޅުން ޒަމާނީ މުޖުތަމަޢުގައި އަލުން ދިރުވައި އާލާކުރުމެވެ.

ކެމްޕޭން އިފްތިތާޙުކުރުމުގެ ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވަނީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ހައިސިއްޔަތުން އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމާއެކު މުޢާމަލާތުކުރުމުގައި ދިވެހިން ނަމޫނާ ބަޔަކަށް ވުމަށް އެދިވަޑައިގެންފައެވެ.

އަދި ބުލީކުރުމާއި، މީހުންގެ އަބުރު ކެނޑުމާއި، ދޮގު ވާހަކަ ފެތުރުން ފަދަ ނުރަނގަޅު އާދަތަކުން މުޖުތަމަޢު ސަލާމަތްކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ޢާއިލާތަކުގެ ތެރޭގައާއި ރަޙްމަތްތެރިންގެ މެދުގައި އަދި މުޅި ޤައުމުގެ އަމަންއަމާންކަމާއި ރީތި ނަން ދެމެހެއްޓުމަށްޓަކައި އެކަކު އަނެކަކަށް އިހުތިރާމުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި