Tuesday, 17 November 2026
Ads by

އިޙްތިރާމްގެ ޤައުމީ މަޝްރޫޢުގެ ޢަމަލީ މައިދާނަށް ނުކުތުމުގެ ކުރިން މުދައްރިބުން ތަމްރީނު ކުރަނީ

އިޙްތިރާމްގެ ޤައުމީ މަޝްރޫޢުގެ ޢަމަލީ މައިދާނަށް ނުކުތުމުގެ ކުރިން މުދައްރިބުން ތަމްރީނު ކުރަނީ

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް އަންނަ ޖެނުއަރީ މަހު ފެށުމަށް ތައްޔާރުވަމުންދާއިރު، އޭގެ ކުރިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނީ އެ މަޝްރޫޢު ހިންގާނެ މުދައްރިބުން ތަމްރީނުކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތަށްފަހު މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައާއި އެކި މުއައްސަސާތަކުގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކުގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މަންދޫބުން ތަމްރީނުކުރުމާއި ޗެމްޕިއަން ކުރާނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ މުއްދަތަށް ބަހާލައިގެން މެދުނުކެނޑި ހިންގުމަށް ރޭވިފައިވާ މި ޤައުމީ މަޝްރޫޢުގެ ދަށުން، ޖެނުއަރީ މަހުން ފެށިގެން މުޖުތަމަޢު އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށްދާނީ ކޮންމެ މަހަކަށްވެސް ވަކި ޚާއްޞަ ތީމުތަކެއް ނުވަތަ މައުޟޫޢުތަކެއް ކަނޑައަޅައިގެންނެވެ.

މި ގޮތަށް ކަނޑައެޅޭ ރިވެތި ސިފަތަކަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ މަސައްކަތް މުޖުތަމަޢުގެ އެންމެން ގުޅިގެން ކުރިއަށް ގެންގޮސްފިނަމަ، ދިވެހިންގެ ތެރޭގައި އޮތް ރިވެތި އާދަކާދަތައް އަލުން އިޔާދަކުރެވި، ދިވެހި މުޖުތަމަޢަކީ ރަނގަޅު އަޚްލާޤީ ސިފަތަކުން ޒީނަތްތެރިވެފައިވާ ތަނަކަށް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް މިނިސްޓަރު ހީނާ ވަލީދު ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި