Tuesday, 17 November 2026
Ads by

މަސްވެރިންގެ ދުވަހުގެ ޚާއްޞަ ކުރެހުމުގެ މައުރަޒަށް ކުރެހުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މަސްވެރިންގެ ދުވަހުގެ ޚާއްޞަ ކުރެހުމުގެ މައުރަޒަށް ކުރެހުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ އާޓް އެގްޒިބިޝަނަށް ކުރެހުންތައް ހުށަހެޅުމުގެ ފުރުޞަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.

Ad Image
Ads by

”ސީސައިޑް ސްޓޯރީސް – ސެލެބްރޭޓިން ފިޝަރީސް ތްރޫ އާޓް“ ގެ ނަމުގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ވެރިރަށް މާލޭގައި، އަންނަ ޑިސެމްބަރު މަހުގެ 6 އިން 10 ގެ ނިޔަލަށެވެ.

މި އެގްޒިބިޝަން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ލިބެންހުރި ފުރުޞަތުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމެވެ. އަދި ހަމައެއާއެކު، ކުރެހުންތެރިންނާއި ފަންނާނުންގެ އުފެއްދުންތެރިކަން ދައްކާލުމަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމަކީވެސް މި މައުރަޒުގެ މުހިންމު މަޤްޞަދެއް ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

މި މައުރަޒު ބަހާލެވިފައިވަނީ މައިގަނޑު ތިން ކެޓަގަރީއަކަށެވެ. އެއީ:

  • ޖޫނިއަރ ކެޓަގަރީ: 12 އަހަރުން ދަށުގެ ކުޑަކުދިންނަށް
  • އޯޕަން ކެޓަގަރީ: 12 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް
  • އިންޓަނޭޝަނަލް ކެޓަގަރީ: ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން

މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ބައިނަލްއަޤްވާމީ ކެޓަގަރީން ބައިވެރިވާ ފަރާތްތަކުގެ ކުރެހުންތަކުން ދައްކުވައިދޭންވާނީ، ބޭރު ދުނިޔޭގެ ނަޒަރަކުން ދިވެހިރާއްޖޭގެ މަސްވެރިކަމާއި، މަސްވެރިކަމުގެ މުއްސަނދި ސަޤާފަތް އަދި ދިވެހިންގެ އާދަކާދައާއި ދިރިއުޅުމުގެ ވައްޓަފާޅި ސިފަވާނޭ ފަދަ މަންޒަރުތަކެކެވެ. މީގެއިތުރުން، ހުރިހާ ބައިތަކެއްގެ ކުރެހުންތައްވެސް ބިނާވާންވާނީ މަސްވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށާއި، މި ސިނާޢަތަށް ޒުވާން އައު ޖީލެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މި މައުރަޒަށް އުފެއްދުންތައް ހުށަހަޅަން އެދޭ ފަރާތްތަކުން، މި ހިނގާ މަހުގެ 25 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، އެ ވުޒާރާގެ އިޢުލާނާއެކު ޢާންމުކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިވަޑައިގެންފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި