Tuesday, 17 November 2026
Ads by

އުމްރާނީ ތަރައްޤީއާ އެކު ފިކުރީ އަދި މާނަވީ ތަރައްޤީ ގެނެސްގެން ނޫނީ ޙަޤީޤީ ޤައުމު ބިނާނުކުރެވޭނެ: ރައީސް

އުމްރާނީ ތަރައްޤީއާ އެކު ފިކުރީ އަދި މާނަވީ ތަރައްޤީ ގެނެސްގެން ނޫނީ ޙަޤީޤީ ޤައުމު ބިނާނުކުރެވޭނެ: ރައީސް

އިޙްތިރާމް ކުރުމުގެ ގައުމީ މަޝްރޫޢު އިފްތިތާޙް ކުުރުމުގެ ޚާއްޞަ ރަސްމިއްޔާތުގެތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ޤައުމެއް ބިނާކުރުމުގައި ލޮލަށް ފެންނަ އުމްރާނީ ތަރައްޤީގެ އިތުރުން، އިންސާނާގެ ސިކުނޑިއާއި ވިސްނުން ބިނާކުރާ ފިކުރީ އަދި މާނަވީ ތަރައްޤީ ގެނެސްގެން މެނުވީ ޙަޤީޤީ ވަށާޖެހޭ ތަރައްޤީ ޙާޞިލުނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ”އިޙްތިރާމުކުރުމުގެ ޤައުމީ މަޝްރޫޢު“ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ދުވަހު ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް، ދިވެހިރާއްޖެއަށް ދެ ބާވަތެއްގެ ތަރައްޤީއެއް ގެންނަވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އެއީ މާއްދީ ތަރައްޤީއާއި މާނަވީ ތަރައްޤީގެ ވާހަކަ ކަމަށާއި، މިއަދުވެސް ސަރުކާރު ދެމިއޮތީ އެ ވަޢުދާއި އިޤުރާރު ޙަޤީޤަތަކަށް ހެދުމުގެ މަތިވެރި ޢަޒުމުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ބިނާކުރުމާއި ޤައުމު ބިނާކުރުމަކީ ތަފާތު ދެ ކަމެއް ކަމަށެވެ. އެގޮތުން ދިވެހި ފަސްގަނޑު އިމާރާތްކުރުމާ އެކުއެކީގައި، ދިވެހީންގެ ވިސްނުން ބިނާކުރުމާއި، އިސްލާމީ ހަމަތަކުގެ މަތީގައި ދިވެހީންގެ ސިކުނޑިތައް ތަހުޒީބީ އާ އުދަރެހަކަށް އުފުލައިލަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި މުޖުތަމަޢަކީ އިންސާނީ ކަރާމާތް ނަގަހައްޓާ، ޤައުމީ ތަރިކަތައް ދަމަހައްޓާ، އަދި ދިވެހި ޤައުމިއްޔަތާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ތަހުޒީބު އިންސާނީ ކޮންމެ ޖަމާޢަތެއްގައިވެސް އެ ބައެއްގެ ޤައުމިއްޔަތު ދައްކައިދޭ އަދި އިންސާނީ އަޚްލާޤިއްޔާތުގެ ފެންވަރު އަންގައިދޭ އެންމެ ފާޅުކަން ބޮޑު ނިޝާނަކީ އެ ބައެއްގެ ކިބައިގައި ހުންނަ އިޙްތިރާމުކުރުމުގެ ސިފަތައް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މުޅި ޤައުމުގައި މި ފަދަ މަޝްރޫޢެއް ފެށުމުގެ ޙަޤީޤީ ބޭނުމަކީވެސް ދިވެހި ޤައުމިއްޔަތަށް ދިރުންދީ، ތަހުޒީބު މުސްތަޤުބަލަކަށް އަމާޒު ހިފައިގެން އިންސާނީ ބިނާ ވަރުގަދަކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، މި ވަގުތުން ފެށިގެން ކޮންމެ ދިވެއްސަކުވެސް އަމިއްލަ ނަފުސަށް އިޞްލާޙީ ބަދަލުތަކެއް ގެނެސް، އުޅުމާއި ގުޅުންތައް އިސްލާމީ ރިވެތި އުޞޫލުތަކުގެ މައްޗަށް ބައްޓަންކޮށް، އިންސާނީ ކަރާމާތް ނަގަހައްޓާ ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށް އެންމެން އެކުގައި ޢަޒުމް ކަނޑައެޅުމަށް ގޮވާލައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި