Tuesday, 17 November 2026
Ads by

ޣީބަބުނުމާއި ފުރައްސާރަކުރުން ހުއްޓާލައި އަބުރު ރައްކާތެރިކުރުމަށް ރައީސް ގޮވާލައްވައިފި

ޣީބަބުނުމާއި ފުރައްސާރަކުރުން ހުއްޓާލައި އަބުރު ރައްކާތެރިކުރުމަށް ރައީސް ގޮވާލައްވައިފި

މުޖުތަމައުގައި އާންމުވަމުންދާ ޣީބަބުނުމާއި، މަލާމާތްކުރުމާއި، އާޑަފުރައްސާރަކުރުން ފަދަ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ނުބައި އަމަލުތަކާ ދުރުހެލިވެ، އެކަކު އަނެކެއްގެ ކަރާމާތާއި އަބުރު ރައްކާތެރިކުރާ ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

Ad Image
Ads by

ރައީސް މިކަމަށް ގޮވާލެއްވީ، ދިވެހިންގެ މެދުގައި އިހުތިރާމްކުރުމުގެ ސިފަ އަލުން އަށަގެންނެވުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ”އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު“ އިފްތިތާހުކުރުމަށް މާފަންނު ޓްރެކް ދަނޑުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ ހަގީގީ ރޫހަކީ އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި ގަދަރުކުރުންކަން އަބަދުވެސް ހަނދާންކުރަންޖެހޭ ކަމަށެވެ.

މީގެއިތުރުން، އެކަކު އަނެކެއްގެ ލެޔާއި މުދަލާއި އަބުރު ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެއްވެސް މީހެއްގެ ގަދަރަށް އުނިކަމެއް އަންނާނެ ފަދަ އަމަލެއް ނުކުރުމަށް ސަމާލުވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، މީހުންނަށް އިހާނެތިކޮށް ހިތުމާއި، މީހުން ނުރުހޭފަދަ ވަނަންތައް ކިޔުމާއި، އެހެން މީހުން ދަށްކޮށްލުން ފަދަ ހުތުރު އާދަތަކުން މުޖުތަމައު އެއްކޮށް ސަލާމަތްކުރުމަށް އެންމެހައި ރައްޔިތުން އަޒުމް ކަނޑައެޅުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި