އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް އަދަބު ދޭނެކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާންމު ރައްޔިތުންނަށް ބިރުދައްކަވައިފިއެވެ. މި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއަށް ތާއީދުކުރާ އާންމު ރައްޔިތުންނަށްވެސް އިދިކޮޅު ވެރިކަމެއްގައި އަދަބު ދޭނެ ކަމަށް ޔާމީން ވިދާޅުވީ، ރަސްމާލޭގައި ޔޫއޭއީގެ މަޝްހޫރު ކުންފުނި އީގަލް ހިލްސްއިން ތަރައްގީ ކުރަން ތައްޔާރުވަމުން އަންނަ މަޝްރޫއުއާ ދެކޮޅަށް ”ގައުމީ ހަރަކާތުން“ ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މި އެއްވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލު ގެއްލުވާލާފައި ރާއްޖޭގެ ބިން ބޭރު ބަޔަކަށް ވިއްކާލާފައި ދެން އަނބުރާ ހޯދަން މަސައްކަތް ނުކުރުމަށެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދިވެހި ފުލުހުން ގައުމުގެ ހިމާޔަތުގައި ނުކުންނަންވީ ވަގުތު ކަމަށް ވިދާޅުވަމުން، މިކަމުގައި ބައިވެރިނުވާ ކޮންމެ މީހަކީ ކުށުގައި ބައިވެރިވާ މީހެއް ކަމަށް ޔާމީން ސިފަކުރެއްވިއެވެ. އަދި ދެން އަންނަ ބަޔަކު އައިސް މިކަން ބަދަލުކުރާއިރު، މި އެންމެންނަކީ ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރެވި، ޖިނާއީ ތަހުގީގު ހިންގައި ޖިނާއީ އަދަބު ލިބޭނެ މީހުން ކަމަށް ވިދާޅުވެ ޔާމީން ވަނީ އިންޒާރު ދެއްވާފައެވެ.
ޔާމީން ގަބޫލުކުރައްވާ ގޮތުގައި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މި ސަރުކާރު ވެއްޓޭނެއެވެ. އެފަދަ ހާލަތެއްގައި ދެން ގާއިމުކުރާ ސަރުކާރަކުން ރަސްމާލެ މަޝްރޫއު އީގަލް ހިލްސްގެ އަތުން އަނބުރާ ނަގާނެ ކަމަށާއި އެކަމުގައި ބައިވެރިވި އެންމެން ޝަރީއަތުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަސްމާލޭގައި އިސްރާއީލް ނުވަތަ ޔަހޫދީން ވަޒަންވެރި ކުރުވަފާނެތީއާއި، އެ ތަނުގައި ތަރައްގީކުރާ ޕްރޮޕަޓީތައް އިސްރާއީލްގެ ރައްޔިތުންނަށް ވިއްކަފާނެތީ އުފެދިފައިވާ ކަންބޮޑުވުމެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާލޭގެ އެއްވެސް ޕްރޮޕަޓީއެއް އިސްރާއީލްގެ އެއްވެސް ރައްޔިތަކަށް ގަނެ، ކުއްޔަށް ވެސް ނުހޯދޭނެ ކަމުގެ ޔަގީންކަން ދެއްވައި، އިސްރާއީލްގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.










ބައިތުލް މާލަޢް ޚިޔާޔާޔްޔެރި ވީމަ އަދަބު ދެވި ތަންފީޒު ނުކުރެވި ތިހުރީ
އަހަރުމެން މިތިބީ ޔާމީނުގެ އަނިޔާވެރިކަން ނިންމާ ސިއްކަ ޖަހައިގެން، އޭނާ ވެރިކަމުން ބާލައިގެންނެވެ. ދެން ރައްޔިތުން ވެރިކަމުން ބާލުވާފައި ތިބި އެކަކުވެސް ބިރުދައްކާނެ ފުރުސަތެއް އަލުން ދިވެހިން ނުދޭނެއެވެ. މޮޔަ ނުގޮވާ ކޮންމެވެސް އެހެން ކަމަކާ ތިޔަ ‘ކުރީގެ’ އެންމެންވެސް އުޅޭށެވެ.