Tuesday, 17 November 2026
Ads by

ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމަށް ވެއްދުމުގެ މަސައްކަތް އަންނަ އަހަރު ވަރުގަދަކުރަނީ

ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމަށް ވެއްދުމުގެ މަސައްކަތް އަންނަ އަހަރު ވަރުގަދަކުރަނީ

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ 05 ވަނަ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވާހަކަ ދައްކަވަނީ.. ފޮޓޯ| މަޖްލިސް

ދިވެހިރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ ތެރެއިން ރަސްމީ ބޭންކިން ނިޒާމަށް މިހާރު ވަންނަނީ އެންމެ 65 އިންސައްތަ ކަމަށާއި، ސަރުކާރުގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ޤައުމުގެ ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުން ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރާއްޖެއަށް ލިބޭ ބޭރު ފައިސާ ރަސްމީ ނިޒާމަށް ވަންނަކަން ކަށަވަރުކުރުމަށް އަންނަ އަހަރުގެ ތެރޭގައި ޚާއްސަ އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ. އެގޮތުން، ބޭރު ފައިސާއާ ބެހޭ ގަވާއިދަށް މިހާރު ގެނެސްފައިވާ ބަދަލުތަކަކީ ފައިސާ މާރުކުރުމާއި ޖަމާކުރުމުގެ ކަންކަން ހަރުދަނާ އުސޫލެއްގެ ދަށަށް ގެނައުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ގަވަރުނަރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ މައި އިޤްތިޞާދީ ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުން އަހަރަކު ގާތްގަނޑަކަށް 5.9 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބެއެވެ. ނަމަވެސް، އޭގެ ތެރެއިން ރާއްޖޭގެ ބޭންކުތަކަށް ވަންނަނީ އެންމެ 3.8 ބިލިއަން ޑޮލަރެވެ. މި ފައިސާ އެއްކޮށް ބޭންކިން ނިޒާމަށް ވަންނަ ނަމަ، ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ބޭރު ފައިސާ ލިބި، ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރިސޯޓުތަކުން އާމްދަނީ ޖަމާކުރުމަށް ވަކި ޚާއްސަ އެކައުންޓުތަކެއް ބަހައްޓަން ލާޒިމުކޮށްފައިވާ ކަމަށާއި، މީރާގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ވަރަކަށް ރިސޯޓުން ކަމަށް ވާތީ، އެކަންކަމުގައި މައްސަލަތަކެއް ހުރިކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ކަންކަން ވަރަށް ގާތުން މޮނިޓަރ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑުވުމަކީ ޤައުމީ ދަރަންޏަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ވިދާޅުވެ، ބަޖެޓު ފައިނޭންސް ކުރުމުގައި އެތެރޭގެ ބާޒާރަށް ބަރޯސާވުމުގެ ބަދަލުގައި ބޭރުން ފައިނޭންސިން ހޯދުމަށް ސަރުކާރަށް ލަފާއަރުވާފައިވާނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތަކާއި އިޤްތިޞާދީ ގޮންޖެހުންތަކާ ހުރެ މިއަހަރުގެ ޖީޑީޕީ ކުރިން އަންދާޒާކުރި މިންވަރަށް ވުރެ ދަށްވި ނަމަވެސް، ވައިގެ ދަތުރުފަތުރާއި ގުޅުންތައް ފުޅާވެ، ފަތުރުވެރިކަމުގެ މާކެޓިން ވަރުގަދަކުރެވިއްޖެނަމަ އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއަރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި