Ads by
ޚަބަރު
ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދަތިތަކުގެ ތެރެއިންވެސް ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ: ރައީސް ޞާލިޙް
ޕޮޓޯ: ރައީސް އޮފީސް

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދަތިތަކުގެ ތެރެއިންވެސް ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެެއެވެ.

Ads by Eki Online

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުދުވަހު ދަތިތަކާއި އުނދަގޫތަކާއި އެކުވެސް ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވިއްޖެކަމުގެ އިޙްޞާސްކުރެއްވޭ ކަމަށެވެ.

އަދި ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވިއްޖެ ކަމުގެ އުފާވެސް މިއަދު އިޙްސާސްކުރެއްވޭ ކަމަށާއި ވެރިކަން ކުރެއްވުމަށްޓަކައި ރައްޔިތުން 5 އަހަރު ދެއްވި ކަމަށްޓަކައި ރައްޔިތުންނަށާއި، އެމަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަަކަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެގޮތުން، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާއި މަޖިލިސް މެމްބަރުންގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވި މެމްބަރުންނާއި، ސަރުކާރުގެ މުވައްޒަފުންނާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރެއްވި ފަރާތްތައް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *