Ads by
ޚަބަރު
ޤާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރު 11ގައި މުއިއްޒު ހުވާކުރާނެ: ރައީސް
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހު ވާހަކަފުޅު ދައްކަވަނީ

ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ނަމަ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ނޮވެމްބަރު މަހު 11 ގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ ނޮވެމްބަރު 11 އަކީ ތާރީހުގައި ރާއްޖޭގެ ވެރިކަންތައް ބަދަލުވަމުން އައިސްފައިވާ ދުވަސް ކަމަށެވެ. އަނެއްކާވެސް އަނެއްކާ ވެސް އިޔާދަކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“ނޮވެމްބަރު 11 އަކީ ތާރީޚުގައި ވެރިކަންތައް ބަދަލުވަމުން އައިސް. އެގޮތަށް އެކަން ކުރުމަށް އަޅުގަނޑު މަސައްކަތްކުރާނެ ވާހަކަ އަޅުގަނޑުވާނީ ދަންނަވާފަ. އޭގެ މަސައްކަތް ޤާނޫނީ ގޮތުން ހުރަހެއް ނެތްކަމުގައި ވަންނާ ނޮވެމްބބަރު 11ގައި ބަދަލުވެގެންދާނެ، ޤާނޫނީ ހުރަހެއް އޮތްތޯ ނެތްތޯ ބަދަލުމުން މިދަނީ.” ރައީސް ޞާލިހު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މަގާމުގެ ހުވާ ކުރައްވައި، ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2018 ގަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ދައުރު ހަމަވާނީ ނޮވެމްބަރު 17، ގައެވެ.

ނޮވެމްބަރު 11، ގައި ޑރ. މުއިއްޒަށް މަގާމުގެ ހުވާ ކުރެއްވޭ ގޮތް ހަދަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ދެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް އެ ދުވަހު ހުވާ ކުރެއްވޭނެ ގޮތް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

2018 ގެ ރިޔާސީ އިންތިހާބަށްފަހު ނޮވެމްބަރު 11 ގައި ރައީސް ޞާލިޙަށް މަގާމުގެ ހުވާ ކުރެއްވޭތޯ ރައީސް ޔާމީންގެ ސަރުކާރުންވެސް މަސައްކަތް ކުރި އެވެ. އެގޮތަށް ހަމަޖެއްސިވި ނަމަވެސް ރައީސް ސޯލިހު ނިންމެވީ ނޮވެމްބަރު 17 ގައި ހުވާކުރާށެވެ. އެއީ ގާނޫނާ ހިލާފަށް މަގާމުގެ ހުވާ ކުރެއްވިކަމުގެ ތުހުމަތު ކުރުމުގެ ޖާގަ ނުދިނުމުގެ ގޮތުނެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *