ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގެ ތެރޭގައި ނިވާކަން ކުޑަ ހެދުމެއްގައި ތިބެ މަސްތުގެ ހާލަތުގައި އަޑުގަދަކޮށް، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހަމަނުޖެހުން ހިންގި ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ޓަވަރެއްގެ ތެރޭގައި ބަޔަކު މަސްތުގެ ހާލަތުގައި ތިބެ އަޑުގަދަކޮށް، އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދެމުންދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ވަނީ ލިބިފައެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
މި މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ އިތުރު ކަންކަން ސާފުކުރުމަށްޓަކައި، ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.












