Tuesday, 17 November 2026
Ads by

ރަޝިއާގެ މުއާމަލާތްތައް ހުއްޓާލި ކަމަށް ދެކެވޭ ވާހަކަތައް ބީއެމްއެލްއިން ދޮގުކޮށްފި

ރަޝިއާގެ މުއާމަލާތްތައް ހުއްޓާލި ކަމަށް ދެކެވޭ ވާހަކަތައް ބީއެމްއެލްއިން ދޮގުކޮށްފި

ރަޝިއާއަށް ފައިސާ ފޮނުވުމާއި އެ ގައުމުން ފައިސާ ބަލައިގަތުމުގެ މުއާމަލާތްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުއްޓާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

Ad Image
Ads by

ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިއާއާއެކު ކުރެވޭ ފައިސާގެ މުއާމަލާތްތަކަށް އެ ބޭންކުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި މިފަދަ މުއާމަލާތްތައް ހުއްޓާލި ކަމަށް ބުނެ އެއްވެސް މީޑިއާއަކަށް ބޭންކުގެ ފަރާތުން މައުލޫމާތެއް ދީފައި ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ރަޝިއާއިން ފޮނުވާ ނުވަތަ އެ ގައުމާ ގުޅުންހުރި މުއާމަލާތްތައް ހުއްޓުވުމަށް ބީއެމްއެލްއިން ވަކި ހާއްސަ ސިޔާސަތެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ބޭރު ފައިސާގެ މުއާމަލާތްތައް، ހާއްސަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި އެހެން ބޭންކުތަކެކޭ އެއްފަދައިން ބީއެމްއެލްއިންވެސް ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރެސްޕޮންޑެންޓް ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ކޮމްޕްލަޔަންސް ސިޔާސަތުތަކާއި ފިޔަވަޅުތަކަށް ކަމަށާއި، އޭގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި އޭގެ މަންފާ ލިބޭ ފަރާތްތައް ސްކްރީންކުރުން ހިމެނޭ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެ ފަދަ ސިޔާސަތުތަކުގެ ތެރެއަށް ނުފެތޭ މުއާމަލާތްތައް ކޮރެސްޕޮންޑެންޓް ބޭންކުތަކުން ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވާލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެ ފަދަ ނިންމުންތަކަށް ބީއެމްއެލްއިން އަމަލުކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަދަ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި