އެމެރިކާއިން އަލުން އަސްކަރީ ޙަމަލާތައް ފަށައިފިނަމަ، އީރާނުގެ ސިފައިން އެމެރިކާއާ ދެކޮޅަށް ”އަލިފާނުގެ ވާރޭ އޮއްސާލާނެ“ ކަމަށް ބުނެ އީރާނުގެ ފޮރިން މިނިސްޓަރ ޢައްބާސް ޢަރާޤްޗީ ވަރުގަދަ އިންޒާރެއް ދީފިއެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން ހުށަހަޅާފައިވާ ދެ ދުވަހުގެ ޕްލޭން ޤަބޫލުކުރުމަށް އޭނާ ވަނީ ވޮޝިންގޓަނަށް ގޮވާލާފައެވެ.
American voters have made their choice. Time for the White House to make its own.
Our 2-day proposal stands: meet the requirements, including end to war on all fronts, and you will see results.
Or choose war, and see our alert and battle-hardened Warriors rain down hell.
— Seyed Abbas Araghchi (@araghchi) November 8, 2026
ޢަރާޤްޗީ ’އެކްސް‘ ގައި ކުރި ޕޯސްޓެއްގައި ބުނ ީ، ”އެމެރިކާގެ ރައްޔިތުން އެމީހުންގެ ގޮތް ނިންމައިފި (މިޑްޓަރމް އިންތިޚާބުގައި). މިހާރު މިއޮތީ ވައިޓް ހައުސްއިން ގޮތް ނިންމަންޖެހޭ ވަގުތު،“ ކަމަށެވެ. އަދި އީރާނުގެ ޝަރުޠުތައް ޤަބޫލުނުކޮށް ހަނގުރާމަ އިޚްތިޔާރުކޮށްފިނަމަ، އީރާނުގެ ހުޝިޔާރު ސިފައިންގެ ފަރާތުން ”އަލިފާނުގެ ވާރޭ“ ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ.
އީރާނުން ހުށަހަޅާފައިވާ ދެ ދުވަހުގެ ޕްލޭންގެ ދަށުން، ފުރަތަމަ ދުވަހު އެމެރިކާއިން އީރާނުގެ ހުރިހާ ޝަރުޠުތަކެއް ފުރިހަމަކުރަން ޖެހެއެވެ. އޭގެ ތެރޭގައި ހުރިހާ ސަރަޙައްދެއްގައި ކުރާ ހަނގުރާމަ ހުއްޓާލުމާއި، ޤަޠަރުގައި ހިފަހައްޓާފައިވާ 6 ބިލިއަން ޑޮލަރާއެކު އީރާނުގެ ހިފަހައްޓާފައިވާ ހުރިހާ ފައިސާއެއް ދޫކޮށްލުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނެއެވެ. މިކަންކަން ކުރުމުން، ދެވަނަ ދުވަހު ހުރްމުޒް ކަނޑުއޮޅި އާންމު ދަތުރުފަތުރަށް ހުޅުވާލާނެކަމަށް އީރާނުން ބުނެއެވެ.
އަރަގްޗީގެ މި އިންޒާރަކީ އެމެރިކާގެ ޕެންޓަގަންއިން އީރާނުގެ އެއްގަމު މަގުތައް ބަންދުކުރުމަށް ”ޓާސްކް ފޯސް އަޔަން ގޭޓް“ އުފައްދައި، ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި ދިން އިންޒާރެކެވެ. މިއާއެކު، ސިޔާސީ މަޝްވަރާތައް މިވަނީ ވަރަށް ބޮޑު ހުއްޓުމަކަށް އައިސްފައެވެ.













