Tuesday, 17 November 2026
Ads by

ޕާކިސްތާނުގެ ހިލޭ އެހީގައި ރާއްޖޭގައި އާ ކްރިކެޓް ސްޓޭޑިއަމެއް ބިނާކުރަނީ

ޕާކިސްތާނުގެ ހިލޭ އެހީގައި ރާއްޖޭގައި އާ ކްރިކެޓް ސްޓޭޑިއަމެއް ބިނާކުރަނީ

އަވައްޓެރި ޕާކިސްތާނުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ޒަމާނީ ކްރިކެޓް ސްޓޭޑިއަމެއް ބިނާކުރުމުގެ މަސައްކަތް އިސްނަގައިގެން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

Ad Image
Ads by

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕާކިސްތާނު ސަރުކާރުން ހަދިޔާކުރާ މި ކްރިކެޓް ސްޓޭޑިއަމްގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

މި އެހީއަކީ ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށާއި ބޭނުންވާ ފަންނީ އަދި މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގެ ނަތީޖާއެކެވެ.

ސަރުކާރުން ސިޔާސަތު އެކުލަވާލާފައިވަނީ ހުރިހާ ކުޅިވަރެއްވެސް ޝާމިލުވާ ގޮތަށް ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ކަމަށްވާއިރު، މި ސްޓޭޑިއަމްގެ ސަބަބުން ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މާލޭ ސަރަހައްދުގައި މިވަގުތު ކްރިކެޓް ކުޅެވޭނެ އެންމެ ދަނޑެއް އޮތުމުގެ އިތުރުން، އެ ކުޅިވަރަށް ހާއްސަ އެކަށީގެންވާ ފެންވަރުގެ ވަސީލަތްތައް ނެތުމަކީ ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންގެ މެދުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ބޮޑު ކަންބޮޑުވުމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި