Monday, 9 November 2026
Ads by

މަރުގެ ހުކުމްގެ ބިލު ފަރުމާކޮށްފައިވަނީ އަނިޔާލިބޭ ފަރާތުގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވޭނެ ގޮތަށް: ރައީސް

މަރުގެ ހުކުމްގެ ބިލު ފަރުމާކޮށްފައިވަނީ އަނިޔާލިބޭ ފަރާތުގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވޭނެ ގޮތަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް

އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން ގިސާސް ހިފުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ ބިލު ފަރުމާކޮށްފައިވަނީ ކުށްވެރިޔާއާއި އަނިޔާލިބޭ ފަރާތުގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވޭނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މަރުގެ އަދަބު ކަނޑައެޅިފައިވީ ނަމަވެސް، ޝަރުއީ ނިޒާމުގެ ތިން މަރުހަލާ ނިމި މަރުގެ އަދަބު ސާބިތުވެފައިވާ މީހުން ތިބި އިރުވެސް ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން އެ އަދަބު ތަންފީޒުކޮށްފައިނުވާ ކަމަށެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވެފައި އިސްލާމީ ދައުލަތެއްގެ ހާކިމާއަށް، ގާނޫނީ އަދި ޝަރުއީ މަރުހަލާތައް ފުރިހަމަވެ ތަންފީޒީ މަރުހަލާއަށް ގޮސްފައިވާ ކަމެއް ހިފެހެއްޓުމުގެ ހައްގެއް އޮންނާނެކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ އިސްލާމީ ޝަރީއަތާއި ގާނޫނުގައިވާ ގޮތުގެ މަތިން ގިސާސް ތަންފީޒުކުރުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލުގައި މައިގަނޑު ދެ ކަމެއް ހިމެނެއެވެ. އެއީ ގިސާސް ހިފުމާ ގުޅޭ ޚާއްޞަ އުސޫލުތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ގާނޫނުގެ ދަށުން ވަކި މިންގަނޑުތަކަކުން މަރުގެ އަދަބު ކަނޑައެޅޭ މީހުންގެ މައްޗަށް އެ އަދަބު ތަންފީޒުކުރުމުގެ އުސޫލުތަކެވެ.

ކީރިތި ޤުރުއާނުގައި ގިސާސް ހިފުމުގައި ދިރުމެއްވާކަން ބަޔާންކުރައްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ގިސާސް ހިފުމަކީ މުޅި މުޖުތަމަޢުގެ ފުރާނަތައް ރައްކާތެރިކޮށް، މީހުން މެރުން ފަދަ ނުރައްކާތެރި ޖަރީމާތަކަށް ޖެހިލުން ކުރުވާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމުގައި އަމާންކަމާއި ފަރުދީ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބިލާ މެދު ޚިޔާލުތަފާތުވުންތަކެއް ހުރެދާނެކަން ގަބޫލުކުރައްވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ބިލު ފަރުމާކޮށްފައިވަނީ ޝަރުއީ ތިން މަރުހަލާ ނިމުމަށްފަހު އިތުރަށް ބަލަންޖެހޭ ކަންކަމާއި، އެންމެ ފަހު ވަގުތާ ހަމައަށްވެސް މަރުވި މީހާގެ ވާރުތަވެރިންނަށް ގާތިލަށް މައާފުކުރުމުގެ ހައްގު ލިބިދޭ ގޮތަށް ކަމަށެވެ. އަދި އެންމެހައި ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، އަދުލުވެރިކަން ގާއިމުކުރެވޭނީ އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތަށް ކަންކަން ތަންފީޒުކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
large_thumb_1794203558243
މަރުގެ ހުކުމްގެ ބިލު ފަރުމާކޮށްފައިވަނީ އަނިޔާލިބޭ ފަރާތުގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވޭނެ ގޮތަށް: ރައީސް
Chagos
އިޓްލޮސް ކޮމިޝަނަށް މެންބަރަކު އިތުރުކުރައްވައި، ރައީސަކަށް ޑރ. މުހުސިން ހަމަޖައްސަވައިފި
Shahid 232
ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
20261108_220208
ހޫޘީންގެ ޙިޞާރުގެ ސަބަބުން ތަޢިއްޒު ސިޓީގައި 347،000 ކުދިންނަށް ވެކްސިން ނުލިބުމުގެ ބިރު
Ads by
މަގުބޫލު
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި