Tuesday, 17 November 2026
Ads by

ޤައުމުގެ ނިޒާމުތައް އެކުލަވަންވީ ކުލުނާ ހަމްދަރުދީއަށް ދިރުން ލިބޭގޮތަށް: ފަސްޓްލޭޑީ

ޤައުމުގެ ނިޒާމުތައް އެކުލަވަންވީ ކުލުނާ ހަމްދަރުދީއަށް ދިރުން ލިބޭގޮތަށް: ފަސްޓްލޭޑީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރޭ ބޭއްވި "ރިވެލި އެވޯޑު" ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަނީ.. [ފޮޓޯ: ރައީސް އޮފީސް]

ޤައުމުގެ ނިޒާމުތައް އެކުލަވަންވީ ކުލުނާއި ހަމްދަރުދީއަށް ދިރުން ލިބޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ރޭ ބޭއްވި ”ރިވެލި އެވޯޑު“ ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad Image
Ads by

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ މުޖުތަމަޢުގެ އެއްވެސް ފަރާތެއް ބާކީނުކޮށް، އެންމެން ގޮވައިގެން ކުރިއަށް ދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކޮށް، އެންމެންގެ މެދުގައި ޤަދަރާއި އިޙްތިރާމް އޮންނަ، އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޙަޤީޤީ ތަހުޒީބު މުޖުތަމަޢުތަކަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކުގެ ހުނަރުވެރިކަން ކުރިއެރުވުމަށް ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދޭ މުޖުތަމަޢުތައް ކަމުގައިވެސް ވިދާޅުވިއެވެ.

އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް އަލިއަޅުއްވާލައްވަމުން ފަސްޓްލޭޑީ ވިދާޅުވީ، އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އޯގާތެރިކޮށް ހިތުމަށާއި، އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމަށް ކަމަށެވެ. ނަމަވެސް، އިންސާނުންގެ ކިބައިން ފެންނަ ބޭރުފުށުގެ ސިފަތަކަށް ބަލައި މީހުންނާ މެދު ގޮތް ނިންމުމުގެ ނުރަނގަޅު އާދައިގެ ސަބަބުން، މާޒީގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ބޮޑެތި ނިކަމެތިކަމާއި ހިތާމަތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، އޭގެ ސަބަބުން އެފަދަ މީހުންގެ އިންސާނީ ކަރާމާތަށް އުނިކަން އައިސްފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

”ވަކި ކުލައެއްގައި ތިބޭ މީހުންނަކީ މާ މާތް ބައެއް ކަމަށް ބެލެވުނު. ވަކި ކުލައެއްގައި ތިބުމަކީ މާ ނިކަމެތި ދެރަ ބައެއްކަމެއްކަމަށް ވެސް ޤަބޫލުކުރެވުނު. އަދި ވަކި ނަސްލަކުން، ވަކި ދަރިކޮޅަކުން އައުމުން ވާރުތަވާ މަތިވަރިކަމެއް އޮންނަ ކަމަށް ބައެއް މީހުން ދެކޭ. އަތްފައިގެ ގުނަވަންތަކާ، ހިއްސުތައް އުނިވުމަކީ އެއީ ވަރަށް ބޮޑު ބަދުނަސީބެއްކަމަށް އެއް ޒަމާނެއްގައި ބައެއް މުޖުތަމަޢުތަކުގައި ޤަބޫލުކުރެވުނު.“ މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ މާޒީއަށް ބައްލަވާލައްވަމުން އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގައި ވެސް ކުރީ ޒަމާނުގައި ބޭރުފުށުގެ އުނިކަމެއް ހުންނަ މީހުންނާ މެދު ތަފާތުކުރުންތައް ގެންގުޅެ، ފަރުވާކުޑަކޮށްލެވިފައި ވެއެވެ. އަދި އޭރު މުޖުތަމަޢުގައި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން، އެފަދަ ފަރާތްތަކަށް ހިތްދަތިވާ ފަދަ އައިބު ނަންނަމުން މުޚާޠަބުކުރުމާއި، އެތައް އަސާސީ ޙައްޤުތަކަކުން މަޙްރޫމުވުން ފަދަ ހިތި ތަޖުރިބާތަކެއް ކުރަންޖެހުނު ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މިއަދު ދިވެހި މުޖުތަމަޢު މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވެ، އެ ނޭދެވޭ ވިސްނުންތައް ފިލައިގެން ގޮސްފައިވާކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރޭ ބޭއްވި ރިވެލި އެވޯޑު ޙަފްލާއަކީ އުފާވެރި ޝުޢޫރުތަކުން ފުރިގެންވާ، ނުހަނު ޝަރަފުވެރި ޙަފްލާއެއްގެ ގޮތުގައި ފާހަގަކުރައްވަމުން، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ކުރިއެރުމަށާއި ލާބައަށްޓަކައި މިހާރު ޤައުމީ ފެންވަރުގައި ކުރެވެމުންދާ މުހިންމު މަސައްކަތްތަކަށް ވެސް މެޑަމް ސާޖިދާ ވަނީ ތަޢުރީފުކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި